މައިގަނޑު ބަޔަށް ދާން

ހަބަރު

ފެނަކައަށް 2024 ގައި 547 މިލިއަން ރުފިޔާގެ ގެއްލުން - ސަޕްލަޔަރުންނަށް 3.5 ބިލިއަން ދައްކަން އެބައޮތް

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ފެނަކަ ކޯޕަރޭޝަންގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން، އެ ކުންފުންޏަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނުކަން ހާމަވެއްޖެއެވެ.

ފެނަކައަށް 2024 ގައި 547 މިލިއަން ރުފިޔާގެ ގެއްލުން - ސަޕްލަޔަރުންނަށް 3.5 ބިލިއަން ދައްކަން އެބައޮތް

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ފެނަކަ ކޯޕަރޭޝަންގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން، އެ ކުންފުންޏަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނުކަން ހާމަވެއްޖެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން 2024 ވަނަ އަހަރު ނިމުނުއިރު ފެނަކައަށް ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވީ ނަމަވެސް، އިދާރީ ޚަރަދުތަކާއި އެ ނޫން ވެސް ޚަރަދުތައް ބޮޑުވެ، ގެއްލުމުގެ ޢަދަދު ވަނީ އުފުލިފައެވެ. ހިންގުމުގެ ޚަރަދުތަކަށް އެކަނި ވެސް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ. ކުންފުނީގެ މާލީ ހާލަތު އޮތް ގޮތުން ހިސާބުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް ބޭނުންވާ ފުރިހަމަ ލިޔެކިޔުން ނުލިބޭތީ، އޮޑިޓަރުން ވަނީ ރައުޔެއް ދިނުމުން އުޒުރުވެރިވެފައެވެ.

ސްޓޮކާއި އިންވެންޓަރީގެ ރެކޯޑުތައް ބެލެހެއްޓުމުގައި ބޮޑެތި ފުށުއެރުންތައް ހުރި ކަމަށާއި، ވިޔަފާރީގެ މުޢާމަލާތްތަކާއި ޖާނަލް އެންޓްރީތައް ފުރިހަމައަށް ރެކޯޑުކޮށްފައި ނުވާތީ މާލީ ބަޔާނުގެ ޞައްޙަކަން ޔަޤީންކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން 2024 ނިމުނުއިރު ޓްރޭޑް ޕޭޔަބަލްސްގެ ގޮތުގައި އެކަނި ވެސް 3.5 ބިލިއަނަށްވުރެ ގިނަ ރުފިޔާ އޮތެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވަނީ ފެނަކަ އުވާލައި އެ ކުންފުނީގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރައްވަން ނިންމެވިކަން އިޢުލާނުކުރައްވައިފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ "ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ކުންފުނީގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުންވެސް އެނގޭ" ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ކުންފުނި ރައިޓް ސައިޒްކޮށް، އިތުރު މުވައްޒަފުން މަދުކުރެވިގެންދާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.