މައިގަނޑު ބަޔަށް ދާން

ދުނިޔެ

ހޫޘީންގެ ނުވަ މިސައިލާއި ޑްރޯން ހުއްޓުވައިފި - ބައިތައް މައްކާ ކައިރި އަވަށަކަށް ވެއްޓުނު

ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ހޫޘީ ހަނގުރާމަވެރިން ފޮނުވާލި ދެ ބެލިސްޓިކް މިސައިލާއި ތިން ކްރޫޒް މިސައިލާއި ހަތަރު ޑްރޯން ސައުދީގެ ވައިގެ ދިފާއީ ބާރުން ނާކާމިޔާބުކޮށްލައިފިއެވެ.

ހޫޘީންގެ ނުވަ މިސައިލާއި ޑްރޯން ހުއްޓުވައިފި - ބައިތައް މައްކާ ކައިރި އަވަށަކަށް ވެއްޓުނު

ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ހޫޘީ ހަނގުރާމަވެރިން ފޮނުވާލި ދެ ބެލިސްޓިކް މިސައިލާއި ތިން ކްރޫޒް މިސައިލާއި ހަތަރު ޑްރޯން ސައުދީގެ ވައިގެ ދިފާއީ ބާރުން ނާކާމިޔާބުކޮށްލައިފިއެވެ.

ޔަމަނުގެ ގާނޫނީ ސަރުކާރު އިއާދަކުރުމަށް މަސައްކަތްކުރާ ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލްމާލިކީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ރިޔާޛް، މައްކާ އަދި ސައުދީގެ ދެކުނާއި އިރުމަތީ ސަރަހައްދުތަކަށެވެ.

ބުދަ ދުވަހުގެ ހަވީރު އެންމެ ފުރަތަމަ ރިޔާޛް ސަރަހައްދަށް ފޮނުވާލި ތިން ކްރޫޒް މިސައިލެއް ކޯލިޝަނުން ނައްތާލާފައިވެއެވެ. އެއަށްފަހު އެ ރޭ މައްކާ އާއި ދެކުނު ސަރަހައްދަށް ފޮނުވާލި ދެ ޑްރޯންއެއް ވައްޓާލާފައިވެއެވެ. ބުދަ ދުވަހުގެ ދަންވަރު ހުޅަނގު ސަރަހައްދަށް އަމާޒުކުރި ދެ ބެލިސްޓިކް މިސައިލެއް ވެސް ހުއްޓުވައި ނައްތާލާފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު ކޯލިޝަނުން ކަށަވަރުކޮށްދިން ގޮތުގައި، ވައްޓާލި ދެ ބެލިސްޓިކް މިސައިލެއްގެ ބައިތައް މައްކާ ސަރަހައްދުގެ "ސަބޫހާ" ނަމަކަށް ކިޔާ އަވަށަކަށް ވެއްޓިފައިވެއެވެ. ގާތްގަނޑަކަށް ހަމަ އެ ވަގުތު އިރުމަތީ ޕްރޮވިންސަށް ފޮނުވާލި ޑްރޯނެއް ވެސް ވައިގެ ތެރޭގައި ގޮއްވާލާފައިވެއެވެ.

ކޯލިޝަނުން މިއަދު ދިން އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައި ވަނީ ރިޔާޛް ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި އިތުރު ޑްރޯނެއް ވެސް ކާމިޔާބީއާ އެކު ހުއްޓުވާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.