މައިގަނޑު ބަޔަށް ދާން

ހަބަރު

ސާފު ހަކަތައަށް ބަދަލުވުން އަވަސްކުރުމަށް ބައިނަލްއަޤުވާމީ އެހީ ބޭނުންވޭ: ރައީސް

ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ލީޑަރސް ސަމިޓުގެ ހަވާސާގައި ބޭއްވި ސާފު ހަކަތައާ ބެހޭ މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސާފު ހަކަތައަށް ބަދަލުވުމުގެ ދުވެލި ހަލުވިކުރުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ސާފު ހަކަތައަށް ބަދަލުވުން އަވަސްކުރުމަށް ބައިނަލްއަޤުވާމީ އެހީ ބޭނުންވޭ: ރައީސް

ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ލީޑަރސް ސަމިޓުގެ ހަވާސާގައި ބޭއްވި ސާފު ހަކަތައާ ބެހޭ މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސާފު ހަކަތައަށް ބަދަލުވުމުގެ ދުވެލި ހަލުވިކުރުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސް ވިދާޅުވީ ލުއިފަސޭހަ މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބުމުގެ އިތުރުން ހަކަތައިގެ އުމްރާނީ ތަރައްޤީއަށް އިންވެސްޓުކުރުން މުހިންމު ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށް، އިޤުތިޞާދު ހިމާޔަތްކުރުމާ އެކު، އިތުބާރުހުރި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުމަށް ވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ބޭރުން އެތެރެކުރާ ތެލަށް ރާއްޖެ ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވައި، އެ ބަރޯސާވުން ކުޑަކުރުމަކީ ޤައުމީ ފެންވަރުގައި އިސްކަންދެއްވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް 2023 ވަނަ އަހަރު ކަނޑައެޅި އަމާޒަށް އަލިއަޅުއްވައިލެއްވިއެވެ. އެ އަމާޒު ހާސިލުކުރުމަށް އެނަރޖީ ސްޓޯރޭޖް ސިސްޓަމްތަކަށް ބޮޑެތި އިންވެސްޓްމަންޓުތައް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތައް ޖިއޮގުރަފީ ގޮތުން އެކަހެރިކޮށް އޮތުމުގެ ސަބަބުން ހަކަތައިގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ ޚަރަދު ވަރަށް ބޮޑުތަން އިތުރުވެގެންދާ ކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ތެލަށް ބަރޯސާވާ ހަކަތައިގެ ނިޒާމުތަކުން ދެމެހެއްޓެނިވި، ޚަރަދުކުޑަ އަދި ވިލުންތެރި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަކަށް ބަދަލުވުމުގެ އޮނިގަނޑެއް ކަމަށް ވާ މޯލްޑިވްސް އެނަރޖީ ރޯޑްމެޕް 2024–2033 އިފްތިތާޙްކޮށްފައިވާ ކަން ފާހަގަކުރައްވައިފައެވެ. ވާހަކަފުޅު ނިންމަވައިލައްވަމުން އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ހަކަތައިގެ ނިޒާމު ބަދަލުކުރުމުގެ ކާމިޔާބީ ބިނާވެފައި ވަނީ ވެވޭ ވަޢުދުތައް ޢަމަލީ މަސައްކަތަށް ބަދަލުކުރެވޭ މިންވަރެއްގެ މައްޗަށް ކަމަށެވެ.

ސާފު އަދި ވިލުންތެރި ހަކަތައިގެ މުސްތަޤުބަލެއް ބިނާކުރުމުގެ ޢަޒުމް ތަކުރާރުކުރައްވައި، ބައިނަލްއަޤުވާމީ ބައިވެރީންނާ ގުޅިގެން އެ މަސައްކަތުގައި ރާއްޖެ ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.