މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޓައިވާނާ ގުޅޭ ގޮތުން ޝީ ޖިންޕިންގް ވާހަކަ ދެއްކީ ޓްރަމްޕާ ބައްދަލުކުރުމުގެ ކުރިން

ޓައިވާން އަލުން ޗައިނާއާ އެއްކުރުމަކީ ތާރީޚީ ގޮތުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ބެއިޖިންގްގައި ތަޤުރީރު ކުރައްވައިފިއެވެ.

ޓައިވާނާ ގުޅޭ ގޮތުން ޝީ ޖިންޕިންގް ވާހަކަ ދެއްކީ ޓްރަމްޕާ ބައްދަލުކުރުމުގެ ކުރިން

ޓައިވާން އަލުން ޗައިނާއާ އެއްކުރުމަކީ ތާރީޚީ ގޮތުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ބެއިޖިންގްގައި ތަޤުރީރު ކުރައްވައިފިއެވެ.

ޗައިނާގެ އިންޤިލާބީ ބަޠަލު ސުން ޔަތު-ސެންގެ 160 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި ޖަލްސާގައި ޝީ ވިދާޅުވީ، "އެއް ޤައުމެއް، ދެ ނިޒާމެއް" ގެ އުސޫލުން ސުލްޙަވެރިކަމާ އެކު އެއްބައިވަންތަކަން ޤާއިމުކުރުމަށް ޗައިނާ އިސްކަންދޭ ކަމަށެވެ. "އެއް ޗައިނާ" ގެ އުސޫލު ޤަބޫލުކުރާ ނަމަ ޓައިވާނާ އެކު މަޝްވަރާއަށް ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ބާރުގެ ބޭނުންކުރުމާ ގުޅޭ ގޮތުން އެ ތަޤުރީރުގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ޓައިވާން ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް، ޓައިވާނުގެ ރައްޔިތުންނާ އެކު ޗައިނާގެ ހުރިހާ ރައްޔިތުން ގުޅިގެން ތެދުވުމަށް ވެސް ޝީ ގޮވައިލެއްވިއެވެ.

ޑިމޮކްރެޓިކް އުސޫލުން ވެރިކަންކުރާ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ބެއިޖިންގުން ދެކުނު ނަމަވެސް، ޓައިވާނުގެ ސަރުކާރާއި މައި ސިޔާސީ ޕާޓީތަކުން އެ ދައުވާ ބަލައެއް ނުގަނެއެވެ. ޝީގެ ތަޤުރީރާ ގުޅިގެން ޓައިވާނުގެ ސަރުކާރުން އަދި ރައްދެއް ދީފައެއް ނުވެއެވެ.

ބާރުގެ ވާހަކަ ތަޤުރީރުގައި ނެތް ނަމަވެސް، ޓައިވާން ހިފުމަށް އަސްކަރީ ބާރު ބޭނުންކުރުމުގެ ފުރުޞަތު ދޫކޮށްލާނެ ކަމަށް ޗައިނާ ދުވަހަކު ވެސް ބުނެފައެއް ނުވެއެވެ. ޗައިނާގެ އަސްކަރިއްޔާ ކޮންމެ ދުވަހަކުހެން ޓައިވާން ވަށައިގެންވާ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ އިރު، ޕެސިފިކް ކަނޑުގެ ސަރަޙައްދުތަކަށް ވެސް ޗައިނާގެ އަސްކަރީ ނުފޫޒު ދަނީ ފުޅާކުރަމުންނެވެ.

ޝީ މި ތަޤުރީރު ދެއްވީ، އަންނަ ހަފުތާގައި ޗައިނާގެ ޝެންޒެންގައި ބާއްވާ އޭޕެކް ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވާ ދަނޑިވަޅެއްގައެވެ. ޓައިވާނުގެ މުހިންމު ލޯކަލް އިންތިޚާބަށް ވެސް ދެ ހަފުތާއަށް ވުރެ ކުޑަތަންވެފައިވާތީ، މި ވާހަކަފުޅަށް ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މަސްރަޙުގައި ބޮޑު ސަމާލުކަމެއް ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.