މައިގަނޑު ބަޔަށް ދާން

ދުނިޔެ

11 މަހުގެ ކުއްޖަކު ދިރިހުއްޓާ ބިމު އަޑީގައި ވަޅުލައި، 24 ގަޑިއިރު ފަހުން ސަލާމަތްކޮށްފި

އެމެރިކާގެ ސައުތު ކެރޮލައިނާގެ ލެކްސިންޓަން ކައުންޓީގައި ބައްޕައަކު ބިމު އަޑީގައި ފޮއްޓެއްގެ ތެރޭގައި ދިރިހުއްޓާ ވަޅުލި 11 މަހުގެ ފިރިހެން ކުއްޖަކު ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން ސަލާމަތްކޮށްފިއެވެ.

11 މަހުގެ ކުއްޖަކު ދިރިހުއްޓާ ބިމު އަޑީގައި ވަޅުލައި، 24 ގަޑިއިރު ފަހުން ސަލާމަތްކޮށްފި

އެމެރިކާގެ ސައުތު ކެރޮލައިނާގެ ލެކްސިންޓަން ކައުންޓީގައި ބައްޕައަކު ބިމު އަޑީގައި ފޮއްޓެއްގެ ތެރޭގައި ދިރިހުއްޓާ ވަޅުލި 11 މަހުގެ ފިރިހެން ކުއްޖަކު ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން ސަލާމަތްކޮށްފިއެވެ.

ކޯ ޝާޕް ނަމަކަށް ކިޔާ އެ ތުއްތު ކުއްޖާ ގެއްލުނީ ހޯމަ ދުވަހު، 25 އަހަރުގެ ބައްޕަ މައިކަލް ކޯމާ، ކުއްޖާގެ މަންމަގެ ގެއިން ދަރިފުޅު ގޮވައިގެން ނިކުތް ހިސާބުންނެވެ. ކުއްޖާގެ ބެލެނިވެރިކަން ހަވާލުކޮށްފައި އޮތީ ބައްޕަ ފަރާތުގެ މާމަ ޕެޓްރީޝިއާ ކޯމާ އާ ކަމަށް ވީ ނަމަވެސް، ބައެއް ފަހަރު ދަރިފުޅު ގެންގުޅެލުމުގެ ހުއްދަ މައިކަލްއަށް ދިނުމަށް ކޯޓުން އޮތީ އަންގައިފައެވެ. މާމަ ފުލުހުންނަށް ރިޕޯޓުކުރީ ކުއްޖާ ގެންގުޅެލަން ހަވާލުކުރުމަށް ފަހު މައިކަލް ބޭރަށް ގޮސް އެނބުރި އައިއިރު ދަރިފުޅު ނުފެންނާތީއެވެ.

ކުއްޖާ ހޯދުމުގެ މަސައްކަތުގައި ފުލުހުންނާއި އަލިފާން ނިއްވާ ޚިދުމަތުގެ 100 މީހުން ބައިވެރިވި ކަމަށް ޝެރިފް ޑިޕާޓްމެންޓުން ބުނެފައިވެއެވެ. ކުއްޖާ ކޮބައިތޯ މައިކަލްއާ ސުވާލު ކުރުމުން އެކަމާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ބުނެފައެއް ނުވެއެވެ. އެ ސަރަހައްދުގެ ޖަންގަލި ބަލައި ހޯދަމުން ދަނިކޮށް ފުލުހުންގެ ޓީމުތަކަށް އަލަށް ނެގިފައި ހުރި ފަސްތަކެއް ފެނުނީއެވެ. އެ ފަސްގަނޑު ފެނުނު ވަގުތު ބިމު އަޑިން ތުއްތު ކުއްޖެއްގެ ރޯ އަޑު އިވެން ފެށީއެވެ.

ކުއްޖާ ވަޅުލާފައި އޮތީ ގާތްގަނޑަކަށް ދެ ފޫޓު ބައި ދެ ފޫޓު ހުންނަ ކުއްތާ ފޮއްޓެއްގެ ތެރޭގައެވެ. ފޮށީގައި ތުވާއްޔެއް އޮޅާފައި އޮތުމުގެ ސަބަބުން ނޭވާލެވޭ ވަރަށް ވައި ލިބުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ބުނެފައިވެއެވެ. ފިނި މޫސުމުގެ ސަބަބުން ކުއްޖާ މާ ބޮޑަށް ހޫނު ނުވެ ދިރި އޮތީ ކަމަށް ފުލުހުން ޤަބޫލުކުރެއެވެ. ކުއްޖާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އެއްކޮށް ރަނގަޅުވާނެ ކަމުގެ އުންމީދު އޮތް ކަމަށް ބުނެފައިވެއެވެ.

މައިކަލް ކޯމާގެ މައްޗަށް ކުރިން ވެސް ގެވެށި އަނިޔާގެ މައްސަލައެއްގައި ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގެ ޙުކުމް ކުރުމުގެ މަރުހަލާ އަދި ނުނިމެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.