މައިގަނޑު ބަޔަށް ދާން

ހަބަރު

ޓީއެމްއޭ ސީޕްލޭނެއް ޓެކްސީ ކުރަނިކޮށް ހިނގި ހާދިސާ - އެމްޓީއެސްބީގެ ތަހުގީގު ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ނޫވިލު ސީޕްލޭން ޓާމިނަލުން ފުރަން ތައްޔާރުވަމުން ދިޔަ ޓީއެމްއޭގެ ސީޕްލޭނެއް ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓެކްސީ ކުރަމުން ދަނިކޮށް އިއްޔެ މެންދުރު ހިނގި ހާދިސާ ތަހުގީގުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް ސޭފްޓީ ބޯޑު (އެމްޓީއެސްބީ) އިން ފަށައިފި

ޓީއެމްއޭ ސީޕްލޭނެއް ޓެކްސީ ކުރަނިކޮށް ހިނގި ހާދިސާ - އެމްޓީއެސްބީގެ ތަހުގީގު ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ނޫވިލު ސީޕްލޭން ޓާމިނަލުން ފުރަން ތައްޔާރުވަމުން ދިޔަ ޓީއެމްއޭގެ ސީޕްލޭނެއް ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓެކްސީ ކުރަމުން ދަނިކޮށް އިއްޔެ މެންދުރު ހިނގި ހާދިސާ ތަހުގީގުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް ސޭފްޓީ ބޯޑު (އެމްޓީއެސްބީ) އިން ފަށައިފިއެވެ.

އެމްޓީއެސްބީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ކަށަވަރުވަމުންދާ ވަރަކަށް އާންމުކުރަމުން ގެންދާނެއެވެ. މި ހާދިސާގައި ބޯޓުގެ ފަޅުވެރިއަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އެ ބޯޑުން ބުނެފައިވެއެވެ. ނަމަވެސް ބޯޓުގައި ތިބި އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްޓީއެސްބީން ކަށަވަރުކޮށްދީފައިވެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވާ ގޮތުގައި، ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުންފުނީގެ އެއާޕޯޓު އިމަޖެންސީ ސާވިސަސް އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ކުއްލި ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވެއެވެ.

މީސްމީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޯޓުގެ އެއް ފަޅި އަޑިއަށް ގޮސްފައި އޮތް އިރު، ލައިފް ރިންގުގެ އެހީގައި ފަސިންޖަރުންނާއި ފަޅުވެރިން ރައްކާތެރިކަމާ އެކު ބޯޓުން ބާލަމުން ދިޔަ މަންޒަރު ފެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.