މައިގަނޑު ބަޔަށް ދާން

ދުނިޔެ

އިންޑޮނީޝިއާގެ ނައިބު ރައީސް ގިބްރާން - ތަޢުލީމީ ޝަރުތު ހަމަނުވެ މަގާމު ދޫކޮށްލައިފި

ހައި ސްކޫލް ޑިޕްލޮމާ ނެތްކަމަށް ކޯޓުތަކުން ނިންމުމާ ގުޅިގެން އިންޑޮނީޝިއާގެ ނައިބު ރައީސް ގިބްރާން ރަކަބުމިންގް ރަކާ ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާ ދީފިއެވެ.

އިންޑޮނީޝިއާގެ ނައިބު ރައީސް ގިބްރާން - ތަޢުލީމީ ޝަރުތު ހަމަނުވެ މަގާމު ދޫކޮށްލައިފި

ހައި ސްކޫލް ޑިޕްލޮމާ ނެތްކަމަށް ކޯޓުތަކުން ނިންމުމާ ގުޅިގެން އިންޑޮނީޝިއާގެ ނައިބު ރައީސް ގިބްރާން ރަކަބުމިންގް ރަކާ ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާ ދީފިއެވެ.

ޢުމުރުން 39 އަހަރުގެ ގިބްރާނަކީ އިންޑޮނީޝިއާގެ ކުރީގެ ރައީސް ޖޯކޯ ވިޑޯޑޯގެ ދޮށީ ދަރިފުޅެވެ. ފަސް އަހަރުގެ ދައުރުން ދެ އަހަރު ހަމަކުރުމަށްފަހު ގިބްރާން އިސްތިއުފާ ފޮނުވީ ރައީސް ޕްރަބޯވޯ ސުބިއާންތޯއަށާއި ޕާލަމެންޓަށް ކަމަށް ޕީޕަލްސް ކޮންސަލްޓެޓިވް އެސެމްބްލީގެ ރައީސް ނޫސްވެރިންނަށް ބުނެފައިވެއެވެ. ރައީސް ޕްރަބޯވޯ ބުނީ "ހިތާމައާ" އެކު އެ އިސްތިއުފާ ޤަބޫލުކޮށްފައިވާ ކަމަށެވެ.

ގިބްރާން މަގާމަށް ކުރިމަތިލުމުގެ އިންތިޚާބީ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް މިދިޔަ މަހު އެ ޤައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓާއި ސުޕްރީމް ކޯޓުން ކަނޑައެޅީ ހައި ސްކޫލް ޑިޕްލޮމާ ނެތް ކަމަށް ތުހުމަތުކުރެވެމުން ދިޔަ މައްސަލައިގައެވެ. އެ ނިންމުންތަކާ ގުޅިގެން ބުދަ ދުވަހު އަށް ޕާޓީއެއްގެ 120 މެންބަރަކު ގިބްރާން ޢިމްޕީޗް ކުރުމުގެ މަރުހަލާ ފެށުމަށް ހައުސް ލީޑާޝިޕަށް ޕެޓިޝަނެއް ހުށަހެޅިއެވެ. ގިބްރާން ފުރަތަމަ އިސްތިއުފާގެ ނިޔަތް ރައީސަށް ހާމަކުރީ އަންގާރަ ދުވަހު ކަމަށާއި، ދެމިގެންދާ ސިޔާސީ ހަލަބޮލިކަމެއް އުފެދުނަ ނުދިނުމަށް އެ ނިންމުން ނިންމީ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ކެބިނެޓް މިނިސްޓަރަކު ބުނި ގޮތުގައި އެ ވަގުތު ޕްރަބޯވޯ އެންގީ ގިބްރާން ދިފާޢުގައި ނިކުތުމަށެވެ.

ކުރީގެ ރައީސް ވިޑޯޑޯ މިކަމާ ގުޅިގެން ބުނީ "ސިޔާސީ މަގާމުތަކުގައި ސިޔާސީ ހަލަބޮލިކަން އޮންނާނެ ކަމަށާއި އެއީ ޠަބީޢީ ކަމެއް" ކަމަށެވެ. ސިޔާސީ މަގާމުތަކަކީ ވަގުތީ އެއްޗެއް ކަން ދަރިފުޅަށް ހަނދާންކޮށްދީފައިވާ ކަމަށާއި "ޢާންމު ރައްޔިތުންގެ ލާބައަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް ރައީސް ޕްރަބޯވޯގެ ސަރުކާރަށް ތާއީދުކުރާނެ" ކަމަށް ވެސް ބުންޏެވެ.

އިންޑޮނީޝިއާގެ ޤާނޫނުއަސާސީ ބުނާ ގޮތުން ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ އައު އިންތިޚާބެއް ނުބާއްވައެވެ. ރައީސް ހުށަހަޅާ ދެ ކެންޑިޑޭޓެއްގެ ތެރެއިން ޕީޕަލްސް ކޮންސަލްޓެޓިވް އެސެމްބްލީން 60 ދުވަހުގެ ތެރޭގައި ބަދަލު ހޮވަން ޖެހެއެވެ. ގިބްރާންގެ އިސްތިއުފާ އައީ އިޤުތިޞާދީ ދަތިކަމާއި ކޮރަޕްޝަނާއި ޖަންގަލީގެ ނުރައްކާތެރި އަލިފާނާ ގުޅިގެން ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.