Newscast
ދުނިޔެ

ތެލުގެ އަގު 29 އިންސައްތައަށް އުފުލުމުން ޓްރަމްޕް ބުނީ ކެތްކުރާށޭ

ލިޔުނީ: އަހުމަދު އާހިލް ސައީދު 15 Aug 2026
ތެލުގެ އަގު 29 އިންސައްތައަށް އުފުލުމުން ޓްރަމްޕް ބުނީ ކެތްކުރާށޭ
އެމެރިކާގެ ރައީސް. ޑޮނަލްޑް ޓްރަމްޕް؛ ފޮޓޯ / އޭޕީ

ނިއު ޔޯކުގައި ބޭއްވި ސިޔާސީ ކެންޕޭން ޖަލްސާއެއްގައި ޓްރަމްޕް ބުނީ އީރާނަށް ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ފުރުޞަތު ބަންދުކުރުމަށްޓަކައި ޕެޓްރޯލަށް އިތުރު ޚަރަދުކުރަން ޖެހުމަކީ ދައްކަންޖެހޭ އަގެއް ކަމަށް ބަލައިގަންނަންޖެހޭ ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހުސްވި އަހަރާ އަޅައިބަލާއިރު އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު %29 މައްޗަށް ގޮސްފައިވާއިރު މި ކަމަކީ ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއަށް ވެސް އަސަރުކޮށްފާނެ ކަމެކެވެ. ޓްރަމްޕާ އެކު އޭނާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވެސް ވަނީ އީރާނަށް އިތުރު މާލީ ގެއްލުންތައް ދިނުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ.

ހޮރްމުޒް ކަނޑުއޮޅީގައި އީރާނުން ޙިޞާރު ވަރުގަދަކޮށް ޓޭންކަރުތަކުގެ ދަތުރުތައް ހުއްޓުވާފައިވާ ދަނޑިވަޅެއްގައި ތެލުގެ އަގު އިތުރަށް މައްޗަށް ދާނެ ކަމުގެ އިންޒާރު ދީ އެ ކަމަށް ކެތްތެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައްޔިތުންނަށް ގޮވައިލައިފިއެވެ.

ނިއު ޔޯކުގައި ބޭއްވި ސިޔާސީ ކެންޕޭން ޖަލްސާއެއްގައި ޓްރަމްޕް ބުނީ އީރާނަށް ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ފުރުޞަތު ބަންދުކުރުމަށްޓަކައި ޕެޓްރޯލަށް އިތުރު ޚަރަދުކުރަން ޖެހުމަކީ ދައްކަންޖެހޭ އަގެއް ކަމަށް ބަލައިގަންނަންޖެހޭ ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހުސްވި އަހަރާ އަޅައިބަލާއިރު އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު %29 މައްޗަށް ގޮސްފައިވާއިރު މި ކަމަކީ ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއަށް ވެސް އަސަރުކޮށްފާނެ ކަމެކެވެ. ޓްރަމްޕާ އެކު އޭނާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވެސް ވަނީ އީރާނަށް އިތުރު މާލީ ގެއްލުންތައް ދިނުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ ކަނޑުއޮޅި ހުޅުވައި ބަންދުކުރުމުގެ ފުރިހަމަ ބާރު އޮތީ އީރާނަށް ކަމަށާއި ހަނގުރާމައިން ނާކާމިޔާބުވެފައިވާ ކަން އެމެރިކާއިން ޤަބޫލުނުކުރާހާ ހިނދަކު ޙިޞާރު ދެމިއޮންނާނެ ކަމަށެވެ. ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވި ގޮތުގައި ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދައުރުވާ އެ ކަނޑުއޮޅިން ދަތުރުތައް އަލުން ފެށެން އޮތީ އީރާނުގެ ޝަރުޠުތައް އެމެރިކާއިން ބަލައިގަތުމުންނެވެ. އޮގަސްޓް 14 ވަނަ ދުވަހު އެ ކަނޑުއޮޅި ހުރަސްކުރީ އެންމެ ދެ އުޅަނދެވެ. އެ ދެ އުޅަނދުގެ ތެރޭގައި ތެޔޮ ޓޭންކަރެއް ނެތެވެ.

ހުއްދައާ ނުލައި ކަނޑުއޮޅި ހުރަސްކުރަން އުޅޭ އުޅަނދުފަހަރަށް އީރާނުން ދަނީ ހަމަލާ ދެމުންނެވެ. އެންމެ ފަހުން ހަމަލާ އަމާޒުވީ ޔޫއޭއީގެ ދެ ޓޭންކަރަކަށެވެ. އޭގެ އިތުރުން މުދާ ބަރުކޮށްގެން ދަތުރުކުރި އެހެން އުޅަނދަކަށް ވެސް ހަމަލާ ދީފައިވާ ކަމަށް އިނގިރޭސިވިލާތުގެ ކަނޑު ދަތުރުފަތުރުގެ ވިޔަފާރިއާ ބެހޭ އިދާރާއިން ބުނެއެވެ. މީގެ އިތުރުން ޔަމަނުގެ ޙޫޘީ ޖަމާޢަތުން ވަނީ ޔަމަނުގެ މައްޚާ ބަނދަރަށާއި ސަޢޫދީ ޢަރަބިއްޔާގެ ނަޖްރާންގައި ހުންނަ އަރަމްކޯ ތެޔޮ ކުންފުނީގެ މަރުކަޒަކަށް ހަމަލާ ދީފައެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްތިޢުމާރީ އިސްރާއީލު ގުޅިގެން ފެށި ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ޞުލްޙައިގެ މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ. ޖޫން މަހު ދެ ފަރާތުން ސޮއިކުރި އިބުތިދާއީ ޞުލްޙައިގެ އެއްބަސްވުން ވެސް މިހާރު ވަނީ އުވިގޮސްފައެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ހަބަރު 17 Aug 2026

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި

ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
ކުޅިވަރު 17 Aug 2026

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި

އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ
ހަބަރު 17 Aug 2026

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ

މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ ސިފައިންގެ ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ވެސް ވަރަށް ކައިރީގައި އޮއްވައެވެ. ދޯނިން ފުންމައިލި މީހުންނާއި ބަންޑުން ޖަހައިލި ވަގުތު ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް ރެސްކިޔު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި
ހަބަރު 17 Aug 2026

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި

މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ )އެރައިސް( މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް )ސްޓެލްކޯ( މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ހަބަރު 17 Aug 2026

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 17 Aug 2026

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކާ އެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.