ވިޔަފާރި

ދިރާގުޕޭއިން ބިލް ދެއްކުމުން ބާލީއަށް ދެ މީހަކަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ދިރާގުޕޭއިން ބިލް ދެއްކުމުން ބާލީއަށް ދެ މީހަކަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

Ahmed Aahil Saeed

09 July 2026

0
ދިރާގުޕޭއިން ބިލް ދެއްކުމުން ބާލީއަށް ދެ މީހަކަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ދިރާގު

މި ޕްރޮމޯޝަން 31 އޮގަސްޓް 2026 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ދިރާގު ފިންޓެކުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ. ދިރާގުޕޭ މެދުވެރިކޮށް ދައްކާ ކޮންމެ ދިރާގު ބިލަކީ ގުރުއަތުގައި ބައިވެރިވުމަށް ލިބޭ އިތުރު ފުރުސަތެއް ކަމުން ގިނަ ބިލްތައް ދައްކާ ކަސްޓަމަރުންނަށް ދަތުރު ކާމިޔާބު ކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ދިރާގުޕޭ މެދުވެރިކޮށް ދިރާގު ބިލްތަކަށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އިންޑޮނޭޝިޔާގެ ބާލީގައި ދެ މީހަކަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކުން ތައާރަފުކޮށްފައިވެއެވެ.

މި ޕްރޮމޯޝަން 31 އޮގަސްޓް 2026 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ދިރާގު ފިންޓެކުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ. ދިރާގުޕޭ މެދުވެރިކޮށް ދައްކާ ކޮންމެ ދިރާގު ބިލަކީ ގުރުއަތުގައި ބައިވެރިވުމަށް ލިބޭ އިތުރު ފުރުސަތެއް ކަމުން ގިނަ ބިލްތައް ދައްކާ ކަސްޓަމަރުންނަށް ދަތުރު ކާމިޔާބު ކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބޭ އިނާމުގެ ތެރޭގައި ދެ މީހަކަށް ބާލީއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި ހުރުމުގެ އިންތިޒާމުގެ އިތުރުން ޓްރެވަލް އެޖެންސީން ފަރުމާކޮށްފައިވާ ޚާއްޞަ ޓުއާއެއް ވެސް ހިމެނެއެވެ.

ދިރާގު ފިންޓެކުން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ މަޤުޞަދަކީ ރާއްޖޭގައި ފައިސާގެ މުޢާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމާއި ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންގެ އަގުވަޒަންކުރުމެވެ. އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް ވެސް ބުނެފައިވެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް