ދިވެހި ހިކިމަހުން ލަންކާއިން ނަގާ ޓެކްސް 10 ރުޕީސްއަށް ކުޑަކުރަން ހުށަހަޅައިފި
ސްރީ ލަންކާއަށް އެތެރެކުރާ ދިވެހި ހިކިމަހުން ކިލޯއަކަށް ނަގާ 302 ރުޕީސްގެ ސްޕެޝަލް ކޮމޮޑިޓީ ލެވީ (އެސްސީއެލް) 10 ރުޕީސްއަށް ތިރިކުރުމަށް، އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކަ ބުރާސްފަތި ދުވަހު ޕާލަމެންޓަށް ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ސްރީ ލަންކާއަށް އެތެރެކުރާ ދިވެހި ހިކިމަހުން ކިލޯއަކަށް ނަގާ 302 ރުޕީސްގެ ސްޕެޝަލް ކޮމޮޑިޓީ ލެވީ (އެސްސީއެލް) 10 ރުޕީސްއަށް ތިރިކުރުމަށް، އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކަ ބުރާސްފަތި ދުވަހު ޕާލަމެންޓަށް ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
އެ ބަޖެޓުގައި ލަންކާއަށް އެތެރެކުރާ ހާމަހުގެ އެސްސީއެލް ވެސް 100 ރުޕީސްއިން 10 ރުޕީސްއަށް ކުޑަކުރަން ހުށަހަޅާފައިވެއެވެ. ހަމައެއާއެކު މުގުރި އަދި ނުމުގުރާ ހިކި މިރުހުގެ ލެވީ ކިލޯއަކުން 50 ރުޕީސް ދަށްކުރާ ގޮތަށް ވެސް ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް އެތެރެކުރާ ހަކުރުގެ ލެވީ ކިލޯއަކުން 10 ރުޕީސް ބޮޑުކޮށްފައިވާ ކަމަށާއި، އެ ނިންމުމަކީ ލަންކާގައި ހަކުރު އުފައްދާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތެއް ހޯދައިދިނުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއް ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.
އަސާސީ ކާބޯތަކެތީގެ އަގު މައްޗަށް ދިޔުމުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އެސްސީއެލް ދަށްކުރަން ހުށަހެޅީ ކަމަށް ދިސަނަޔަކަ ޕާލަމެންޓުގައި ބުނެފައިވެއެވެ. ތިން ބާވަތެއްގެ ލެވީ ކުޑަކުރި ނަމަވެސް ހަކުރުގެ ޓެކްސް ބޮޑުކުރުމާ އެކު، މި ބަދަލުތަކުން އަހަރަކު 950 މިލިއަން ރުޕީސްގެ ސާފު އާމްދަނީ އިތުރުވާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.
ދިވެހި ހިކިމަހުން 302 ރުޕީސްގެ ލެވީއެއް ނަގަން ފެށީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު 27 ގައެވެ. އެއީ ކުރިން އޮތް 102 ރުޕީސްގެ ރޭޓު ގާތްގަނޑަކަށް ތިން ގުނައަށް ބޮޑުކުރުމެވެ. ލަންކާގެ މަސްވެރިކަމުގެ ޞިނާޢަތް ހިމާޔަތް ކުރުމުގެ ބޭނުމުގައި ގެނައި އެ ބަދަލު، 2024 ވަނަ އަހަރުގެ އޮކްޓޫބަރުގައި އާ އެސްސީއެލް ގެޒެޓް ކުރިއިރު ވެސް ހަމަ އެ ރޭޓުގައި ދެމެހެއްޓީ ކަމަށް، އެ ޤައުމުގެ ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
ލަންކާގެ ކެއުންތަކުގައި "އުމްބަލަކަޑަ" ގެ ނަމުން މަޝްހޫރު ދިވެހި ހިކިމަހަކީ އެ ޤައުމުގެ ސަމްބޯލް އާއި ރިހަ ފަދަ ތަކެތީގައި ބޭނުންކުރާ އަސާސީ ބާވަތެކެވެ. ލަންކާގައި އެ ބާވަތް އުފައްދާ މިންވަރު ޑިމާންޑާ ގާތަށް ވެސް ނުފޯރާތީ، އެ ޤައުމުން އަހަރަކު ގާތްގަނޑަކަށް ދެ ހާސް މެޓްރިކް ޓަނުގެ ދިވެހި ހިކިމަސް އެތެރެކުރެއެވެ. ރާއްޖެއިން ބޭރުކުރާ ހިކި އަދި ލޮނުލީ މަހުގެ ބޮޑު ބައެއް ވިކެނީ ލަންކާ އާއި އިންޑިއާގެ ބާޒާރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް