އެންވީޑިއާގެ ބާނީ ޖެންސެން ހުއާން ސީއީއޯ ކަމުންނާއި ބޯޑުން ވަކިވެއްޖެ
ދުނިޔޭގެ އެންމެ އަގު ބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެންވީޑިއާ އުފެއްދި އަދި ހިންގަމުން އައި ޖެންސެން ހުއާން، ސީއީއޯގެ މަގާމާއި ކުންފުނީގެ ބޯޑުން ވެސް ވަކިވެފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
ދުނިޔޭގެ އެންމެ އަގު ބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެންވީޑިއާ އުފެއްދި އަދި ހިންގަމުން އައި ޖެންސެން ހުއާން، ސީއީއޯގެ މަގާމާއި ކުންފުނީގެ ބޯޑުން ވެސް ވަކިވެފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
އެންވީޑިއާއިން ބުނެފައިވާ ގޮތުގައި ވަގުތީ ގޮތުން ސީއީއޯގެ ޒިންމާތައް ނަންގަވާނީ ޗީފް ފައިނޭންޝަލް އޮފިސަރު ކޮލެޓް ކްރެސްއެވެ. ދާއިމީ ސީއީއޯއެއް އައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ބޯޑުގެ ފުރަތަމަ ޗެއާމަނަކަށް ސިނޮޕްސިސްގެ ކުރީގެ ސީއީއޯ އަދި ބޯޑް މެންބަރު ހާވީ ޖޯންސް ވަނީ ހަމަޖައްސައިފައެވެ. ހުއާންއަކީ ކުންފުނީގެ ހިއްސާގެ ގާތްގަނޑަކަށް 3.61 އިންސައްތަ ބެލެހެއްޓެވި، ހަތަރުވަނައަށް އެންމެ ބޮޑު އިންވެސްޓަރެވެ.
ހުއާން މަގާމުން ވަކިވުމާ ގުޅިފައި ވަނީ ފަހަކަށް އައިސް ފެންމަތިވި ރިޕޯޓުތަކަކާއެވެ. އެ ރިޕޯޓުތަކުން އެނގިފައިވާ ގޮތުގައި، ހުއާން ކައިވެނީގެ ބޭރުން ގުޅުމެއް ބޭއްވި ޗައިނާގެ ވިޔަފާރިވެރި އެލިސް ހުއާންއަކީ ބެއިޖިންގަށް ޖާސޫސުކޮށްދޭ ފަރާތެއް ކަމަށް އެމެރިކާގެ ކަމާ ގުޅޭ ފަރާތްތަކުން ނިންމާފައިވެއެވެ. އޭގެ އިތުރުން، ނިއުޔޯކް ޓައިމްސްއިން ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުއާންގެ ދަށުން މަސައްކަތްކުރައްވާ ހެލްތު ކެއާ ޑިވިޝަނުގެ ވައިސް ޕްރެޒިޑެންޓް ކިމްބާލީ ޕަވެލްއާ ވެސް ހުއާން ކައިވެނީގެ ބޭރުން ގުޅުމެއް ބާއްވާފައިވެއެވެ.
މި މައްސަލައާ ގާތުން ދިރާސާކުރާ ފަރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު ބޯޑުން ބައްދަލުކޮށްފައި ވަނީ ހުއާން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް