ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި 62 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަސްޓަމްސް އޮފިސަރުން އަތުލައިގެންފިއެވެ.
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި 62 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަސްޓަމްސް އޮފިސަރުން އަތުލައިގެންފިއެވެ.
އެ މީހާގެ ހަށިގަނޑު ފާސްކުރިއިރު މަސްތުވާތަކެތި ބަންދުކޮށްފައި ހުރި 19 ބުލެޓު ވަނީ ފެނިފައެވެ. އެ ތަކެތީގެ ޖުމްލަ ބަރުދަނަކީ 284.9 ގްރާމެވެ.
ފެނުނު ތަކެތީގެ ތެރޭގައި ހިމެނެނީ 167.3 ގްރާމުގެ ސިންތެޓިކް ކެތިނޯންއާއި 117.6 ގްރާމުގެ ކޮކެއިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް