މާލެއިން ގެއްލުނު އާދަމް އިކްރާމް ހުޅުމާލެއިން ފެނިއްޖެ
މާލެއިން ގެއްލިގެން ހޯދަމުންދިޔަ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމް ހުޅުމާލެއިން ހެޔޮ ހާލުގައި ފެނިއްޖެއެވެ.
މާލެއިން ގެއްލިގެން ހޯދަމުންދިޔަ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމް ހުޅުމާލެއިން ހެޔޮ ހާލުގައި ފެނިއްޖެއެވެ.
އާދަމް އިކްރާމްގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ލިބިފައިވަނީ މި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ ފަހުން އާއިލާއަށް އެއްވެސް ޚަބަރެއް ނުވެ ގިނަ ވަގުތުތަކެއް ފާއިތުވެފައިވާއިރު، އެ މުއްދަތުގައި އޭނާ ހުރި ތަނެއް އަދި ސާފެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް