މޯލްޑިވް ގޭހުގެ ފުޅިތަކަށް މާދަމާއިން ފެށިގެން ފުރިހަމައަށް ގޭސް އަޅައިދެނީ
އެލްޕީޖީ ގޭސް ސަޕްލައިގައި ކުރިމަތިވި ދަތިކަން ޙައްލުވުމާ އެކު، މާދަމާއިން ފެށިގެން ހުރިހާ ސައިޒެއްގެ ފުޅިއަށް ކުރީގެ މިންވަރަށް ގޭސް އަޅައިދޭން ނިންމާފައިވާ ކަމަށް މޯލްޑިވް ގޭހުން މިއަދު ބުނެފިއެވެ.
އެލްޕީޖީ ގޭސް ސަޕްލައިގައި ކުރިމަތިވި ދަތިކަން ޙައްލުވުމާ އެކު، މާދަމާއިން ފެށިގެން ހުރިހާ ސައިޒެއްގެ ފުޅިއަށް ކުރީގެ މިންވަރަށް ގޭސް އަޅައިދޭން ނިންމާފައިވާ ކަމަށް މޯލްޑިވް ގޭހުން މިއަދު ބުނެފިއެވެ.
ސަޕްލައިގެ ދަތިކަމާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެ ކުންފުނިން ވަނީ ފުޅިތަކަށް އަޅައިދޭ ގޭހުގެ މިންވަރު ވަގުތީ ގޮތުން މަދުކޮށްފައެވެ. އެ ބަދަލުގެ ދަށުން 10 ކިލޯގެ ފުޅިއަކަށް ހަތް ކިލޯ، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ، އަދި 45 ކިލޯގެ ފުޅިއަކަށް 31 ކިލޯގެ ގޭސް އެޅީއެވެ.
އެ ވަގުތީ އުސޫލު ނިމުމަކަށް ގެނެސް، މާދަމާއިން ފެށިގެން ތިން ސައިޒުގެ ފުޅިއަށް ވެސް ކުރިން އެޅި ފުރިހަމަ މިންވަރަށް ގޭސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މޯލްޑިވް ގޭހުން ބުނީ އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ "ވީހާ ވެސް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުން" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް