މައިގަނޑު ބަޔަށް ދާން

ދުނިޔެ

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދިނުމުން މުވައްޒަފުން އޭނާ އަލުން ގެނައުމަށް ގޮވާލަނީ

އޭއައި ޗިޕް އުފައްދާ ކުންފުނި އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް އަޚުލާޤީ މައްސަލަތަކަކާ ގުޅިގެން މަޤާމުން އިސްތިއުފާ ދިނުމުން، އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން އޭނާ އަނބުރާ ގެނައުމަށް ގޮވާލައިފިއެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދިނުމުން މުވައްޒަފުން އޭނާ އަލުން ގެނައުމަށް ގޮވާލަނީ

އޭއައި ޗިޕް އުފައްދާ ކުންފުނި އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް އަޚުލާޤީ މައްސަލަތަކަކާ ގުޅިގެން މަޤާމުން އިސްތިއުފާ ދިނުމުން، އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން އޭނާ އަނބުރާ ގެނައުމަށް ގޮވާލައިފިއެވެ.

ޖެންސެން މަޤާމުން ވަކިވީ ޖާސޫސީ މައްސަލަތަކެއްގެ އިތުރުން ކުންފުނީގެ މުވައްޒަފުންތަކަކާ ލޯބީގެ ގުޅުން ބޭއްވި ކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. އެހެންނަމަވެސް އެ ތުހުމަތުތައް ފެންމަތިވެފައި ވީ ނަމަވެސް، މުވައްޒަފުންގެ ހިތުގައި އޭނާއަށް އޮތް ތާއީދު ކުޑަނުވާ ކަން ދަނީ ފެންނަމުންނެވެ.

ކުންފުނީގެ އެތެރޭގެ ޚިޔާލު ހޯދާ ޕްލެޓްފޯމެއްގައި ޝާއިޢުކުރި ޕޯސްޓަކަށް 1،600 އަށް ވުރެ ގިނަ މުވައްޒަފުން ކޮމެންޓުކޮށް ޖެންސެންއަށް ތާއީދުކޮށްފައިވެއެވެ. ނަން ހާމަނުކުރާ މުވައްޒަފަކު ގޮވާލީ "ކުންފުނީގެ މިޝަނަށް އިތުބާރު ކުރާނަމަ، އަހަރެމެންގެ 'ބޮސް' އަލުން ގެންނާން." ކަމަށެވެ. އެހެން މުވައްޒަފުން ބުނަމުން ދަނީ އޭނާއަކީ ވެސް އިންސާނެއް ކަމަށާއި، ކުށެއް ކުރެވުނު ނަމަވެސް އިސްލާހުވުމުގެ ދެވަނަ ފުރުސަތެއް ޙައްޤުވާ ކަމަށެވެ. ބައެއް މުވައްޒަފުން ވަނީ މުޅި ކުންފުންޏަށް އީމެއިލް ފޮނުވައި، ޖެންސެންއާ އެކު ސާބިތުވެ ތިބި ކަން އިޢުލާނުކޮށްފައެވެ.

ޖެންސެން ހުއާންގް ވަނީ 33 އަހަރު ވަންދެން އެންވީޑިއާ ހިންގައި، އެ ކުންފުނި ދުނިޔޭގެ އެންމެ އަގުބޮޑު އޭއައި ކުންފުންޏަށް ބަދަލުކޮށްލައިފައެވެ. އެހެންކަމުން އޭނާ ނެތި ކުންފުނީގެ ކުރިމަގު ބަނަވެދާނެ ކަމުގެ ކަންބޮޑުވުން މުވައްޒަފުންގެ މެދުގައި ވަނީ ބޮޑުވެފައެވެ. މިގޮތަށް ސީއީއޯއެއް އަލުން ގެނައުމަށް މުވައްޒަފުން ޕްރެޝަރު ކުރުމަކީ ޓެކް ދާއިރާއަށް އައު ކަމެއް ނޫނެވެ. 2023 ވަނަ އަހަރު އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން ވަކިކުރުމުން، އެ ކުންފުނީގެ 95 އިންސައްތަ މުވައްޒަފުން އޭނާ ނުގެނެސްފިނަމަ އިސްތިއުފާ ދޭނެ ކަމުގެ އިންޒާރު ދީ، އޭނާ އަލުން މަޤާމަށް ގެނެސްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.