މައިގަނޑު ބަޔަށް ދާން

ހަބަރު

މިރޭގެ އެއްވުން ހުއްދަ ދީފައިވާ ތަންތަނުގައި ބޭއްވުމަށް ފުލުހުން އަންގައިފި

ރަސްމާލެ 99 އަހަރަށް ކުއްޔަށް ދިނުމާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހިންނަށް" ނަމުގައި މިރޭ މާލޭގައި ބާއްވަން ރާވާ އެއްވުން، ކުރިން ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ނުބޭއްވުމަށް ފުލުހުން އަންގައިފިއެވެ.

މިރޭގެ އެއްވުން ހުއްދަ ދީފައިވާ ތަންތަނުގައި ބޭއްވުމަށް ފުލުހުން އަންގައިފި

ރަސްމާލެ 99 އަހަރަށް ކުއްޔަށް ދިނުމާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހިންނަށް" ނަމުގައި މިރޭ މާލޭގައި ބާއްވަން ރާވާ އެއްވުން، ކުރިން ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ނުބޭއްވުމަށް ފުލުހުން އަންގައިފިއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އެއްވުމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް އަދި ޢާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ފުލުހުންނާ ހިއްސާކޮށްފައެއް ނުވެއެވެ. އެހެންކަމުން، ޤާނޫނީ އިމުގެ ތެރޭގައި އެއްވުން ކުރިއަށް ގެންދިޔުމަށް އިންތިޒާމުކުރާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރަސްމާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން އީގަލްސް ހިލްސް ކުންފުންޏަށް 99 އަހަރަށް އެ ބިން ކުއްޔަށް ދޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ފަރާތްތަކުން މި އެއްވުން ރާވާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ބާވަތުގެ އެއްވުންތަކުގެ ސަބަބުން މަގުތަކުގެ ޢާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ ރައްޔިތުންނަށް އެކި ދަތިތައް ކުރިމަތިވާ ކަމަށް ބުނެ، އެއްވެސް ފަރާތަކަށް ދަތިނުވާނެހެން ކަންކަން އިންތިޒާމުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އެއްވުމުގެ ތެރެއިން ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއް ހިންގައިފި ނަމަ ވަގުތުން ހުއްޓުވައި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުންގެ ބަޔާނުގައި ދީފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.