މައިގަނޑު ބަޔަށް ދާން

ވިޔަފާރި

ތިމާވެށީގެ ފައިނޭންސާ ގުޅޭ 13 ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމް މާދަމާ

ތިމާވެއްޓާ ރައްޓެހި ފައިނޭންސިންގާއި މާލީ ރައްކާތެރިކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް މާދަމާ ޑުސިޓް ޑީ2 ފޭދޫގައި ފަށައިފިއެވެ.

ތިމާވެށީގެ ފައިނޭންސާ ގުޅޭ 13 ވަނަ މޯލްޑިވްސް ފައިނޭންސް ފޯރަމް މާދަމާ

ތިމާވެއްޓާ ރައްޓެހި ފައިނޭންސިންގާއި މާލީ ރައްކާތެރިކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް މާދަމާ ޑުސިޓް ޑީ2 ފޭދޫގައި ފަށައިފިއެވެ.

މޯލްޑިވްސް ޕެންޝަން އޮފީހާއި އދ. ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން އިންތިޒާމުކުރާ މި ފޯރަމަކީ 13 ވަނަ ފަހަރަށް ބާއްވާ ބައްދަލުވުމެވެ. "ގްރީން ފައިނޭންސް: އަންލޮކިންގ ސަސްޓެއިނަބަލް އިންވެސްޓްމެންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދާ ފޯރަމްގައި މާލީ ދާއިރާގެ ތަޖުރިބާކާރުންނާއި ރެގިއުލޭޓަރުންނާއި ސަރުކާރުގެ މަންދޫބުންނާއި ވިޔަފާރި ދާއިރާގެ އިސް ފަރާތްތައް ބައިވެރިވާނެއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމާއި މަސްވެރިކަމާއި ބިނާވެށީގެ އިތުރުން ދިރިއުޅުމުގެ ފެންވަރަށް ކުރިމަތިވާ ނުރައްކާ ރާއްޖެއަށް ބޮޑުވަމުންދާ ދަނޑިވަޅެއްގައި ބާއްވާ މި ފޯރަމްގެ މައިގަނޑު އެއް މަޤުޞަދަކީ ދެމެހެއްޓެނިވި އިންވެސްޓްމެންޓު ނެރެ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރާއި މުއައްސަސީ އިންވެސްޓަރުން ގުޅުވައިދެވޭ ގޮތްތައް ހޯދުމެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއައްސަސީ އިންވެސްޓަރުގެ ގޮތުގައި ޕެންޝަން އޮފީހުން ފާހަގަކުރާ ގޮތުގައި، ދިގު މުއްދަތުގެ އިންވެސްޓްމެންޓް ސްޓްރެޓެޖީތައް ތިމާވެށީގެ އަދި އިޤުތިޞާދީ ހީނަރުކަމާ ކެތްކުރެވޭ ގޮތަށް ބައްޓަންކުރުން މުހިންމެވެ. ޕެންޝަން ފަންޑުތައް ފަދަ އިންވެސްޓަރުންނަށް ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރެވޭ ގޮތްތަކާ މެދު ވެސް ފޯރަމްގައި މަޝްވަރާ ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.