ގަލޮޅު ގެއަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތިން ލައްކަ ރުފިޔާ ފޭރިގެންފި
ގަލޮޅުގައި ހުންނަ ގެއަކަށް ރޭ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ވަދެ ތިން ލައްކައެއްހާ ރުފިޔާ ފޭރިގެންފިއެވެ.
އަހުމަދު އާހިލް ސައީދު
ގަލޮޅުގައި ހުންނަ ގެއަކަށް ރޭ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ވަދެ ތިން ލައްކައެއްހާ ރުފިޔާ ފޭރިގެންފިއެވެ.
ފުލުހުން މިއަދު ބުނީ އެ ގެއަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަޙުޤީޤު ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފޭރިގަތް ފައިސާގެ ޖުމްލަ ޢަދަދާ ގުޅޭ ގޮތުންނާއި މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ދުވަހަށް އެނގިފައިވާ ގޮތުގައި އެ ގެއިން ފޭރިގަތީ ތިން ލައްކައެއްހާ ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް