މައިގަނޑު ބަޔަށް ދާން

ލައިފްސްޓައިލް

ފުރާވަރު ކުދިން ކެންސަރު ބޭހެއް ބޭނުންކޮށް އިސްކޮޅު ދިގުކުރުމުގެ ނުރައްކާތެރި ޓްރެންޑެއް ފެތުރެނީ

ސޯޝަލް މީޑިއާގައި "ހައިޓްމެކްސިން" ގެ ނަމުގައި ފެތުރޭ ޓްރެންޑެއްގައި ޖެހި، ބައެއް ފުރާވަރު ކުދިން ބޮޑެތި މީހުންގެ މެސާނާ ކެންސަރަށް ދޭ ބޭހެއް ކަމުގައިވާ އާޑަފިޓިނިބް ބޭނުންކޮށް އިސްކޮޅު ދިގުކުރުމުގެ ތަޖުރިބާތައް ކުރަމުންދާ ކަމުގެ ރިޕޯޓުތައް ފެންމަތިވެއްޖެއެވެ.

ފުރާވަރު ކުދިން ކެންސަރު ބޭހެއް ބޭނުންކޮށް އިސްކޮޅު ދިގުކުރުމުގެ ނުރައްކާތެރި ޓްރެންޑެއް ފެތުރެނީ

ސޯޝަލް މީޑިއާގައި "ހައިޓްމެކްސިން" ގެ ނަމުގައި ފެތުރޭ ޓްރެންޑެއްގައި ޖެހި، ބައެއް ފުރާވަރު ކުދިން ބޮޑެތި މީހުންގެ މެސާނާ ކެންސަރަށް ދޭ ބޭހެއް ކަމުގައިވާ އާޑަފިޓިނިބް ބޭނުންކޮށް އިސްކޮޅު ދިގުކުރުމުގެ ތަޖުރިބާތައް ކުރަމުންދާ ކަމުގެ ރިޕޯޓުތައް ފެންމަތިވެއްޖެއެވެ.

"ހައިޓްމެކްސިން" އަކީ ބޭރު ސިފައާ ގުޅޭ ކަންކަން ރަނގަޅުކުރުމަށް ޒުވާނުންގެ މެދުގައި މަޤުބޫލު "ލުކްސްމެކްސިން" ޓްރެންޑުގެ ބައެކެވެ. ބައެއް ފުރާވަރު ކުދިން "އާޑާ" ގެ ނަމުގައި މި ބޭސް ކާ މިންވަރާއި އިސްކޮޅަށް އައި ބަދަލުތަކާއި ސައިޑް އިފެކްޓުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ގެންދާ ކަމަށް ރޯލިން ސްޓޯން ގެ ރިޕޯޓެއްގައި ބުނެފައިވެއެވެ. ފިރިހެނުންގެ އިސްކޮޅާއި ސިފައާ ގުޅޭ ގޮތުން ދައުރުވާ ވީޑިއޯތަކުގެ ސަބަބުން އެ ކުދިންނަށް އެ ކުދީންގެ ހަށިގަނޑާ މެދު ނާމާންކަމެއް އިހުސާސްވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާޑަފިޓިނިބް އަކީ ބޮޑެތި މީހުންގެ މެސާނާ ކެންސަރަށް ފާސްކޮށްފައިވާ ބޭހެކެވެ. މި ބޭސް މަސައްކަތްކުރަނީ ސެލް ބޮޑުވުމުގައި ދައުރެއް އަދާކުރާ ފައިބްރޯބްލާސްޓް ގްރޯތް ފެކްޓާ ރިސެޕްޓާ (އެފްޖީއެފްއާރު) ކިޔާ ޕްރޮޓީންތައް ހުއްޓުވައިގެންނެވެ. ސީރިއަސް ސިކުނޑީގެ ޓިއުމަރަށް މި ބޭސް ދިން ކުޑަކުއްޖެއްގެ ކަށިގަނޑަށް އާދައާ ޚިލާފު ބަދަލުތައް އައި ކަމަށް 2024 ވަނަ އަހަރު މެޑިކަލް ޖާނަލެއްގައި ޝާއިޢުކުރި ދިރާސާއެއްގައި ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް އެ ހޯދުމަކީ އިސްކޮޅު ދިގުކުރުމަށް މި ބޭސް ރައްކާތެރި ނުވަތަ ކާމިޔާބު ފަރުވާއެއްކަން ސާބިތުކޮށްދޭ ހެއްކެއް ނޫނެވެ.

އިންޑިއާގެ ބެންގަލޫރޫގައި ހުންނަ އެސްޓާ ސީއެމްއައި ހޮސްޕިޓަލުގެ ނިއޮނޭޓޮލޮޖީ އެންޑް ޕީޑިއެޓްރިކްސް ލީޑް ސީނިއާ ކޮންސަލްޓެންޓް ޑރ. ޕަރީމާލާ ވީ ތިރުމަލެޝް މި ކަމާ މެދު އިންޒާރު ދެއްވައިފައިވެއެވެ. "އާޑަފިޓިނިބް އަކީ ބައެއް ބާވަތުގެ މެސާނާ ކެންސަރަށް ފާސްކޮށް، ޑޮކްޓަރެއްގެ ލިޔުމެއް ނެތި ނުލިބޭ ގޮތަށް ހުންނަ ބޭހެކެވެ. އިސްކޮޅު ދިގުކުރާ ފަރުވާއެއްގެ ގޮތުގައި އެ ބޭސް ފާސްކޮށްފައެއް ނެތެވެ، އެ ބޭހުގެ ކްލިނިކަލް ޓެސްޓެއް ވެސް ކޮށްފައެއް ނެތެވެ." ޑރ. ތިރުމަލެޝް ފާހަގަކުރެއްވި ގޮތުގައި ލޮލުގެ ރެޓީނާ މައްސަލަތަކާއި ފާރުތައް ހެދުން ފަދަ ސީރިއަސް ނުރައްކާތައް ކުރިމަތިވެދާނެއެވެ. ޑޮކްޓަރެއްގެ ބެލުމެއް ނެތި ފުރާވަރު ކުދިން މި ބޭސް ބޭނުންކުރާ ނަމަ އެ ނުރައްކާ ވަކިން ބޮޑު ކަމަށް ވެސް އެ ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

އިސްކޮޅު ބިނާވާ މައިގަނޑު ކަމަކީ ޖީންތައް ނަމަވެސް، ކެއިންބުއިމާއި ހޯމޯނާއި ޢާންމު ސިއްހަތާއި ބާލިޣުވާ ދުވަސްވަރު ވެސް ރޯލެއް އަދާކުރާ ކަމަށް ޑރ. ތިރުމަލެޝް ބުނެފައިވެއެވެ. ދިގު ކަށިތަކުގެ ކޮޅުގައި ހުންނަ ގްރޯތް ޕްލޭޓް ބެދުމުން ބޭހާ ނުލައި އިސްކޮޅު ދިގެއް ނުވާނެއެވެ. ލޮލުގެ ފެނުމާއި ކަށީގެ ހެދި ބޮޑުވުމާއި ދިގު ރާސްތާގެ ސިއްހަތު ގުރުބާންކުރުމަކީ އިސްކޮޅު ދިގުކޮށްލުން ހައްގުކުރާ ކަމެއް ނޫން ކަމަށް ވެސް އެ ޑޮކްޓަރު ފާހަގަކުރައްވައިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.