މައިގަނޑު ބަޔަށް ދާން

ހަބަރު

ރަސްމާލެ ބިން އީގަލް ހިލްސް އަތުން އަތުލާނެ ކަމުގެ އިންޒާރު ޔާމީން ދެއްވައިފި

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ދެން އަންނަ ސަރުކާރަކުން ރަސްމާލޭގެ ބިން އީގަލް ހިލްސް އަތުން އަތުލާނެ ކަމަށް ވިދާޅުވެ، ޤާނޫނާ ޚިލާފަށް އިންވެސްޓް ކުރަން ރާއްޖެ ނައުމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެ ކުންފުންޏަށް ގޮވައިލައްވ

ރަސްމާލެ ބިން އީގަލް ހިލްސް އަތުން އަތުލާނެ ކަމުގެ އިންޒާރު ޔާމީން ދެއްވައިފި

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ދެން އަންނަ ސަރުކާރަކުން ރަސްމާލޭގެ ބިން އީގަލް ހިލްސް އަތުން އަތުލާނެ ކަމަށް ވިދާޅުވެ، ޤާނޫނާ ޚިލާފަށް އިންވެސްޓް ކުރަން ރާއްޖެ ނައުމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެ ކުންފުންޏަށް ގޮވައިލައްވައިފިއެވެ.

ރައީސް ޔާމީން ވިދާޅުވީ ދުބާއީގެ އިންވެސްޓަރުން އެ ފަރާތްތަކަށް ގެއްލުންވާ ގޮތަށް ފައިސާ ނާޅާނެ ކަމަށް އެމަނިކުފާނު ޤަބޫލުކުރައްވާ ކަމަށެވެ. ރަސްމާލެ މަޝްރޫޢާ މެދު ދިވެހި ރައްޔިތުން ދެކޭ ގޮތް އެ ފަރާތްތަކަށް ވެސް ފެންނާނެ ކަމަށާއި، ސަރުކާރުން ބޭނުންވިޔަސް އީގަލް ހިލްސްއިން އަވަސް އަރުވާލާފައި މި މަޝްރޫޢު ފަށާނެ ކަމަށް ޤަބޫލުނުކުރެއްވޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އެ ބިން އަތުލައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ރައްޔިތުންގެ އިތުބާރާއެކީ އަޅުގަނޑަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރުމުގެ ފުރުސަތު ލިބިއްޖިއްޔާ، ހަމަ ޝައްކެއްވެސް ނެތް މި އަތުލާނަށް. މި ބިން މި މީހުން އަތުން އަތުލާނަން. މިއީ ޤާނޫނާ ޚިލާފަށް ދޭ ބިމެއް. އެހެންވީމާ މި ބިން ބާތިލުވާނެ ކޮންމެ ދުނިޔޭގެ ކޯޓަކަށް ދިޔަސް، އާބިޓްރޭޝަނަށް ދިޔަސް. އެހެންވީމަ މިއީ އަތުލެވޭނެ ބިމެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް ދިނުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި، އެ ކުންފުނިން ވެސް އެކަން ދެނެގަންނަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ. ޤާނޫނާ ޚިލާފަށް އެ ބިމުގައި އިންވެސްޓް ކޮށްފި ނަމަ ބަދަލެއް ދިނުމެއް ނެތި އެތަން އަތުލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަލައްބާރު އަޑު އަހާ. ޒަޔަނިސްޓުން އަޑު އަހާ. މި ބިން އެމީހުންނަށް ދީފައި އޮތަސް އަނބުރާ ގެންނާނެ. ބަދަލެއްވެސް ނުދޭނެ. މިއީ ދިވެހިރާއްޖޭގެ ގާނޫނުތަކަށް ފައްތައިގެން ދޭ ބިމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.