ދަރީންނަށް ގޯސް ހެދުމުގެ ޖާގަ ދޭންޖެހޭ: ސުނީލް ޝެޓީ
ބޮލީވުޑް އެކްޓަރު ސުނީލް ޝެޓީ އޭނާގެ ދެ ދަރީން ގޯހުން ކަމެއް ކުރިޔަސް ރަނގަޅު ކުރަން ނުބުނެދޭ ކަމަށާއި ނާކާމިޔާބީގެ ތެރެއިން އެންމެ ބޮޑެތި ފިލާވަޅުތައް ދަސްވާ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފިއެވެ.
ބޮލީވުޑް އެކްޓަރު ސުނީލް ޝެޓީ އޭނާގެ ދެ ދަރީން ގޯހުން ކަމެއް ކުރިޔަސް ރަނގަޅު ކުރަން ނުބުނެދޭ ކަމަށާއި ނާކާމިޔާބީގެ ތެރެއިން އެންމެ ބޮޑެތި ފިލާވަޅުތައް ދަސްވާ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފިއެވެ.
އުމުރުން 65 އަހަރުގެ ސުނީލް ޝެޓީ ބުނީ އޭނާގެ ދެ ދަރީން ކަމުގައިވާ އަތިޔާ ޝެޓީ އާއި އަހާން ޝެޓީގެ ދިރިއުޅުމުގެ ވައްޓަފާޅިއާ މެދު ފަޚުރުވެރިވާ ކަމަށެވެ. ދެ ދަރީންގެ ކިބައިގައި ހުންނަ އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަމާއި، ކަންކަން ސާފުކޮށް ފެންނަ ގޮތާއި، އަމިއްލަ ޝަރުތުތަކާ އެއްގޮތަށް ދިރިއުޅެމުންދާ ގޮތް ފެނި ހައިރާންވާ ކަމަށް ޝެޓީ ބުނެފައިވެއެވެ. ޒުވާން ޖީލުގެ ފަރާތުން އަބަދުވެސް އައު ކަންކަން ދަސްކުރަމުންދާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ޝެޓީ ބުނި ގޮތުގައި އެ އުމުރުގައި އޭނާ ހުރީ ރުޅިގަދަ، ކެތްމަދު ޒުވާނެއްގެ ގޮތުގައެވެ. ދަރީން އޭނާގެ ފިޔަވަޅުމަތީ ހިނގަންޖެހޭ ކަމުގެ އިހުސާސެއް ކުރުވަން ބޭނުން ނުވާ ކަމަށާއި، އޭގެ ބަދަލުގައި އަމިއްލައަށް ނިކުމެ އެ މީހުންގެ އަމިއްލަ ކާމިޔާބީ ހޯދުމަށް ބާރު އަޅާ ކަމަށް ޝެޓީ ބުނެފައިވެއެވެ. ދަރީން ކުރަން ބޭނުންވާ ކަމެއް ނުހުއްޓުވާ ކަމަށާއި، އެހެންނަމަވެސް ދަރީންގެ ކަންކަމުގައި ހިތުގައި ކަންބޮޑުވުންތައް އަބަދުވެސް އޮންނަ ކަމަށް ވެސް ޝެޓީ ބުނެފައިވެއެވެ.
ޝެޓީ މިހާރު ހޯސްޓުކުރަމުން ދަނީ ބާރަތު ކޭ ސުޕާ ފައުންޑާޒް (Bharat Ke Super Founders) ކަމަށް ވާއިރު، ވިޔަފާރީގެ ދާއިރާއާ މެދު ޝައުގުވެރިކަން ބޮޑުވަމުންދާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް