ލިއަނާޑޯ ޑިކެޕްރިއޯގެ ޕްރައިވެޓް ރަށުގެ ރިސޯޓު ހުޅުވޭނެ ދުވަހެއް އަދިވެސް ނޭނގޭ
ހޮލީވުޑް ތަރި ލިއަނާޑޯ ޑިކެޕްރިއޯ ބެލީޒުން ގަނެފައިވާ ޕްރައިވެޓް ރަށުގައި ތިމާވެއްޓާ ރައްޓެހި ގޮތަށް ތަރައްޤީކުރާ ލަގްޒަރީ ރިސޯޓު ނިމި ހުޅުވޭނެ ދުވަހެއް އަދިވެސް ސާފުނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ހޮލީވުޑް ތަރި ލިއަނާޑޯ ޑިކެޕްރިއޯ ބެލީޒުން ގަނެފައިވާ ޕްރައިވެޓް ރަށުގައި ތިމާވެއްޓާ ރައްޓެހި ގޮތަށް ތަރައްޤީކުރާ ލަގްޒަރީ ރިސޯޓު ނިމި ހުޅުވޭނެ ދުވަހެއް އަދިވެސް ސާފުނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބްލެކެޑޯ ކޭ ނަމަކަށް ކިޔާ 104 އޭކަރުގެ އެ ރަށް ލިއަނާޑޯ ގަތީ 2005 ވަނަ އަހަރު 1.75 މިލިއަން ޑޮލަރަށެވެ. އެ ރަށް ގަތް އިރު އެއީ ބޮޑުބައި ފަޅު ރަށެކެވެ. ކެރީބިއަން ކަނޑުގައި، ބެލީޒް ބެރިއާ ރީފް ކައިރީގައި، އެމްބާގްރިސް ކޭގެ ހުޅަނގުގައި އޮންނަ މި ރަށުގެ ރިސޯޓު ފުރަތަމަ ހުޅުވަން ރޭވީ 2018 ވަނަ އަހަރަށެވެ. ފަހުން 2020 ވަނަ އަހަރަށް ވެސް އެ ތާރީޚު ފަސްކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ލަސްވާ ސަބަބެއް ކަމަށް ބެލެވެނީ ތިމާވެއްޓާ ރައްޓެހި ގޮތަށް އިމާރާތްކުރުމުގައި ހުރި ހަރުކަށި ޤަވާއިދުތައް ކަމަށެވެ.
ލިއަނާޑޯގެ ވިސްނުމަކީ އާދައިގެ ލަގްޒަރީ ރިސޯޓެއް ހެދުމެއް ނޫނެވެ. ވިލާތަކާއި ޗުއްޓީ ވަސީލަތްތައް ބިނާކުރުމުގެ ބަދަލުގައި، ރަށުގެ ހަލާކުވެފައިވާ ތިމާވެށި އިޢާދަކޮށް ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލެއް ބިނާކުރުމެވެ. ނަމަވެސް މިހާރު އެ މަޝްރޫޢު އޮތް ހިސާބެއް ވެސް ސާފެއް ނޫނެވެ.
ލިއަނާޑޯއަށް އެ ރަށް ފެނުނީ 2004 ވަނަ އަހަރު ބެލީޒަށް ކުރި ޗުއްޓީ ދަތުރެއްގައެވެ. އެ ދަތުރުގައި އޭނާ ހުރީ ހޮޓެލް ވިޔަފާރިވެރިޔާ ޖެފް ގްރެމްގެ ކޭޔޯ އެސްޕާންޓޯ ނަމަކަށް ކިޔާ މަތީ ފެންވަރުގެ ރިސޯޓެއްގައެވެ. ބެލީޒް ބެރިއާ ރީފް ފަދަ ދުނިޔޭގެ ފެންވަރުގެ ކަނޑުގެ ދިރުންތަކާއި ޤަދީމީ މާޔާ ތަރިކައިގެ ސަބަބުން ބެލީޒަށް ފަތުރުވެރިން ޝައުޤުވެރިވި ނަމަވެސް، އެ ދަތުރުގައި ލިއަނާޑޯގެ ލޮލުގައި އަޅައިގަތީ ބްލެކެޑޯ ކޭއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް