މައިގަނޑު ބަޔަށް ދާން

ދުނިޔެ

އިންޑިއާ-އިންޑޮނީޝިއާ ޓެރަރިޒަމް ގުޅިފައިވާ ވަރކިން ގްރޫޕްގެ ހަތް ވަނަ ބައްދަލުވުން ނިއުދިއްލީގައި ބާއްވައިފި

ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާގެ ޖޮއިންޓް ވަރކިން ގްރޫޕްގެ ހަތް ވަނަ ބައްދަލުވުން މިމަހުގެ 12 ވަނަ ދުވަހު ނިއުދިއްލީގައި ބާއްވައިފިއެވެ.

އިންޑިއާ-އިންޑޮނީޝިއާ ޓެރަރިޒަމް ގުޅިފައިވާ ވަރކިން ގްރޫޕްގެ ހަތް ވަނަ ބައްދަލުވުން ނިއުދިއްލީގައި ބާއްވައިފި

ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން އިންޑިއާ އާއި އިންޑޮނީޝިއާގެ ޖޮއިންޓް ވަރކިން ގްރޫޕްގެ ހަތް ވަނަ ބައްދަލުވުން މިމަހުގެ 12 ވަނަ ދުވަހު ނިއުދިއްލީގައި ބާއްވައިފިއެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ މިނިސްޓްރީގެ ކައުންޓާ ޓެރަރިޒަމާ ބެހޭ އެޑިޝަނަލް ސެކްރެޓަރީ ޑރ. ސުހެއިލް އަޖާޒް ޚާން އާއި އިންޑޮނީޝިއާގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް އެޖެންސީ (ބީއެންޕީޓީ) ގެ ބައިނަލްއަޤުވާމީ ގުޅުންތަކާ ބެހޭ ނައިބު ޑިއޮނިސިއަސް އެލްވަން ސްވަސޯނޯއެވެ. ދެ ޤައުމުގެ ކަމާ ގުޅޭ އެކި އިދާރާތަކުގެ މަންދޫބުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ދެ ޤައުމުން ވަނީ ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޓެރަރިޒަމަށް އެއްވެސް ޖާގައެއް ނުދިނުމުގެ އުސޫލު އަލުން ކަށަވަރުކޮށްދީފައެވެ. ދެ ޤައުމުގެ ތެރޭގައާއި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމުގެ ޢަމަލުތަކާ ބެހޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާއި، ޓެރަރިޒަމަށް ފައިސާ ހޯދުން ހުއްޓުވުމާއި، ޓެރަރިސްޓް ބޭނުންތަކަށް އިންޓަނެޓާއި ޒަމާނީ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމާ ގުޅޭ ގޮތުން ވެސް ދެ ފަރާތުން ޚިޔާލު ބަދަލުކުރިއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ޓެރަރިޒަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅު އެޅުމުގެ މުހިންމުކަން ފާހަގަކޮށް، އދ.، އާސިއާން، ބްރިކްސް އަދި އެފްއޭޓީއެފް ފަދަ ބައިނަލްއަޤުވާމީ ޖަމާޢަތްތައް މެދުވެރިކޮށް ގުޅިގެން މަސައްކަތްކުރުމަށް ދެ ޤައުމުން އެއްބަސްވިއެވެ. ޓެރަރިޒަމާ ދެކޮޅަށް ކުރާ މި މަސައްކަތަކީ ދެ ޤައުމުގެ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނާޝިޕްގެ މުހިންމު ބައެއް ކަމަށް ވެސް ދެ ފަރާތުން ފާހަގަކުރިއެވެ.

މި ދަތުރުގެ ތެރެއިން އިންޑޮނީޝިއާގެ ވަފުދު ވަނީ ޤާބިލުކަން އިތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ ގާޑުގެ މައި މަރުކަޒަށް ޒިޔާރަތްކޮށްފައެވެ. މި ވަރކިން ގްރޫޕްގެ ދެން އޮންނަ ބައްދަލުވުން ދެ ޤައުމަށް އެއްބަސްވެވޭ ތާރީޚެއްގައި ޖަކާޓާގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.