މައިގަނޑު ބަޔަށް ދާން

ހަބަރު

ޑރ. ހަލާ ހަމީދު ދެކުނު އެފްރިކާގެ ރައީސަށް ފަތްކޮޅު އަރުވައިފި

ދެކުނު އެފްރިކާއަށް ރާއްޖެއިން ކަނޑައެޅި ނޮން-ރެސިޑެންޓް ހައި ކޮމިޝަނަރު ޑރ. ހަލާ ހަމީދު، އެ ޤައުމުގެ ރައީސް މަޓަމެލާ ސީރިލް ރަމަފޯސާއަށް މިއަދު ފަތްކޮޅު އަރުއްވައިފިއެވެ.

ޑރ. ހަލާ ހަމީދު ދެކުނު އެފްރިކާގެ ރައީސަށް ފަތްކޮޅު އަރުވައިފި

ދެކުނު އެފްރިކާއަށް ރާއްޖެއިން ކަނޑައެޅި ނޮން-ރެސިޑެންޓް ހައި ކޮމިޝަނަރު ޑރ. ހަލާ ހަމީދު، އެ ޤައުމުގެ ރައީސް މަޓަމެލާ ސީރިލް ރަމަފޯސާއަށް މިއަދު ފަތްކޮޅު އަރުއްވައިފިއެވެ.

ޕްރިޓޯރިއާގެ ސެފަކޯ މަކްގަތޯ ޕްރެޒިޑެންޝަލް ގެސްޓް ހައުސްގައި ބޭއްވި އެ ރަސްމިއްޔާތުގައި ޑރ. ހަލާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރައީސް ރަމަފޯސާއަށް ހެޔޮއެދުމާއި ސަލާމް ރައްދުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ޑރ. ހަލާ ވަނީ ރައީސް ރަމަފޯސާގެ ދުޅަހެޔޮކަމަށާއި ދެކުނު އެފްރިކާގެ ރައްޔިތުންގެ ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ސާބިތުކަމާ އެކު މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ޑރ. ހަލާ ދެއްވިއެވެ. ދެ ފަރާތުން ޝައުޤުވެރިވާ ދާއިރާތަކުން ގުޅިގެން މަސައްކަތް ފުޅާކުރެއްވުމަށް ދެކުނު އެފްރިކާ ސަރުކާރާ ގާތުން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ޑރ. ހަލާގެ އަރިހުގައި ޚާރިޖީ ވުޒާރާގެ އެސިސްޓެންޓް ޑައިރެކްޓަރު މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.

ޑރ. ހަލާ މި މަޤާމު އަދާކުރައްވާނީ މާލޭގައި ދިރިއުޅުއްވައިގެން ނޮން-ރެސިޑެންޓް ހައި ކޮމިޝަނަރެއްގެ ގޮތުގައެވެ. މި އައްޔަންކުރެއްވުމަކީ އެފްރިކާ ބައްރުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ތަމްސީލު ވަރުގަދަކުރެއްވުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.