ޙައްޖު ޚިދުމަތްތަކާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ސައުދީން ސޮއިކޮށްފި
ހިޖުރީ 1448 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް ދެވޭ ޚިދުމަތްތަކާ ބެހޭ ރަސްމީ އެއްބަސްވުމެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީ އާއި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއިން ސޮއިކޮށްފިއެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އުސާމް މުޙައްމަދު ސައީދެވެ. ސައުދީ އަރަބިއްޔާ ތަމްސީލުކުރެއްވީ އެ ޤައުމުގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ޢަބްދުލް ފައްތާޙު މަޝާތެވެ.
މި އެއްބަސްވުމުގެ ދަށުން، އަންނަ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް ބޭނުންވާ އެކި އިންތިޒާމުތަކާއި، މިނާ އާއި އަރަފާތުގައި ފޯރުކޮށްދޭ ޚިދުމަތްތަކާއި، ލޮޖިސްޓިކްސްއާ ގުޅުންހުރި ކަންކަން ކަނޑައަޅާފައިވެއެވެ. ހަމައެއާއެކު، ދިވެހި ޙައްޖުވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭ ގޮތުން ދެ ފަރާތުން މަޝްވަރާކޮށްފައިވެއެވެ.
ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ރާއްޖެއަށް ދޭ ޙައްޖު ކޯޓާ އާއި އިތުރު ކޯޓާ ހޯދުމަކީ ދިވެހި ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭ ކަމެކެވެ. މި އެއްބަސްވުމުގެ ސަބަބުން 1448 ވަނަ އަހަރުގެ ޙައްޖުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާވެ، ވަގުތުން ވަގުތަށް ކަންކަން ފުރިހަމަކުރުމަށް މަގުފަހިވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް