މައިގަނޑު ބަޔަށް ދާން

ހަބަރު

އިދިކޮޅުން ކުރަނީ ރައްޔިތުންނަށް އޮޅުވާލުން: ވަޒީރު ޝިޔާމް

ވާދަވެރި ސިޔާސީ ޕާޓީތަކުން ސަރުކާރު ޒިންމާދާރުކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ކަންކަން އޮޅުވާލައިގެން 2028 ގެ ރިޔާސީ ކެމްޕޭން ފަށާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ކުރަނީ ރައްޔިތުންނަށް އޮޅުވާލުން: ވަޒީރު ޝިޔާމް

ވާދަވެރި ސިޔާސީ ޕާޓީތަކުން ސަރުކާރު ޒިންމާދާރުކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ކަންކަން އޮޅުވާލައިގެން 2028 ގެ ރިޔާސީ ކެމްޕޭން ފަށާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ ރޭ ފެނިގެންދިޔައީ އިދިކޮޅު ޕާޓީތަކުން ރައްޔިތުންނަށް އޮޅުވާލައިގެން ރިޔާސީ ކެމްޕޭން ލޯންޗުކުރި މަންޒަރު ކަމަށާއި، އެއީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކުރާ ޒާތުގެ ކަންކަން ނޫން ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ތައުރީފުކުރައްވައި ޝިޔާމް ވިދާޅުވީ، ފަސް އަހަރުގެ ދައުރެއްގައި ދީނީ ކަންކަމަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ޤައުމީވަންތަ ސިފަ އެންމެ ބޮޑަށް ފެންނަ ވެރިކަމެއް ކުރައްވާ ރައީސަކީ އެމަނިކުފާނު ކަމަށެވެ. އަދި ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް އިސްތިއުމާރީ އިޒްރޭލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް ރާއްޖެއާއި ބޭރު ދުނިޔޭގައި އެންމެ ބާރަށް ވަކާލާތު ކުރައްވާ ވެރިޔަކީ ވެސް ރައީސް ޑރ. މުޢިއްޒު ކަމަށް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ކަންކަން ރައްޔިތުން ކައިރީ ނާހައި، މަޖިލީހަށް ވެސް އަންގައިނުލައި ކުރެއްވި ބޭފުޅުން މިއަދު ޤައުމާއި ދީނުގެ ވާހަކަ ދެއްކެވިޔަސް ރައްޔިތުންނަށް އެ ބޭފުޅުންގެ ނިޔަތް ސާފުވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިވެހީންގެ ދީނާއި ސިޔާދަތާއި މިނިވަންކަމަށް ބުރުލެއް ނާރުވައި ދިފާޢުކޮށް ދަމަހައްޓާނީ މި ސަރުކާރުން ކަމަށެވެ.

"މަޝްރޫޢުތައް ކިތައްމެ ބިޔަވެފައި އަގު ކިތައްމެ ބޮޑުވިޔަސް މި ސަރުކާރަކީ ދިވެހީންގެ ދީނާ، ސަގާފަތާ، މިޤައުމުގެ ސިޔާދަތާ، މިނިވަންކަމާ، ދިވެހި ޖުމްޙޫރިއްޔާގެ ޤާނޫނުއަސާސީއާ ޤާނޫނުތަކަށް އިހުތިރާމް ނުކުރާ ބަޔަކަށް އަދި އިންވެސްޓުމަންޓަކަށްވެސް މަރުޙަބާ ކިޔާނެ ސަރުކާރެއް ނޫން" ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުން އުފައްދާފައިވާ 1.9 ބިލިއަން ޑޮލަރުގެ ސިޔާދަތީ ދަރަނި މި ސަރުކާރުން ދައްކައި، ދަރަނީގެ ދަންތުރައިން ޤައުމު ސަލާމަތްކޮށްފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އެ ފިޔަވަޅުތަކާ އެކު ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ރަނގަޅުކޮށް، ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުތައް ރާއްޖެއަށް އަމާޒުވެފައިވާ ކަމަށާއި، އީގަލް ހިލްސް އިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ރަސްމާލެ މަޝްރޫޢަކީ ދިވެހި ތާރީޚު ދެކޭނެ އެންމެ ބިޔަ މަޝްރޫޢު ކަމަށާއި، އެ މަޝްރޫޢުން ރާއްޖޭގެ އިޤްތިޞާދީ ނާރެސް ބަދަލުކޮށް ދިވެހިންގެ ދިރިއުޅުމަށް އުޖާލާކަން ގެނެސްދޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.