ތަލަ ފިރިހެނުން ލޯބީގެ މައިދާނުގައި ކުރީގައި — ސައިންސް ބުނާ ވާހަކަ
ބޮލުން އިސްތަށި ފައިބަން ފެށީމައި ބައެއް ފިރިހެނުންނަށް ހީވެދާނެއެވެ، ދެން ލޯބީގެ ބާޒާރުގައި ޗާންސެއް ނެތް ކަމަށެވެ. އެހެނަސް ދިރާސާތައް ކިޔައިދެނީ އެއާ މުޅީން ތަފާތު ވާހަކައެކެވެ. ތިބާ ތަލައިގެ ވެރިއެއް ނަމަ، ނުވަތަ ތިބާގެ ބައިވެރިޔާ ތަލައެއް ނަމަ، މި ލިޔުން ނިމެންދެން ކިޔައިލާށެވެ.
ބޮލުން އިސްތަށި ފައިބަން ފެށީމައި ބައެއް ފިރިހެނުންނަށް ހީވެދާނެއެވެ، ދެން ލޯބީގެ ބާޒާރުގައި ޗާންސެއް ނެތް ކަމަށެވެ. އެހެނަސް ދިރާސާތައް ކިޔައިދެނީ އެއާ މުޅީން ތަފާތު ވާހަކައެކެވެ. ތިބާ ތަލައިގެ ވެރިއެއް ނަމަ، ނުވަތަ ތިބާގެ ބައިވެރިޔާ ތަލައެއް ނަމަ، މި ލިޔުން ނިމެންދެން ކިޔައިލާށެވެ.
ދިރާސާ ބުނަނީ ކީކޭ؟
ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ ދިރާސާއަކުން ދައްކާ ގޮތުގައި ތަލަ ފިރިހެނުން ފެންނަނީ އެހެން މީހުންނަށްވުރެ ރީތި، އިތުބާރުހުރި، އަދި ބާރުގަދަ ބައެއްގެ ގޮތުގައެވެ. ސައިކޮލޮޖީ ޓުޑޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިރާސާގެ ބައިވެރީން ތަލަ ފިރިހެނުންނަށް %6 އިތުރަށް ކޮންފިޑެންސް ރޭޓިން ދީފައިވެއެވެ. ހަމަ އެ ދިރާސާގައި ޑިޖިޓަލީ އިސްތަށި ފޮހެލި ފިރިހެނުން، އެ މީހުންގެ އަސްލު ފޮޓޯތަކަށްވުރެ ބާރުގަދަ، ދިގު، އަދި ވަރުގަދަ ކަމަށް ރޭޓުކޮށްފައިވެއެވެ.
1،000 އަންހެނުން ބައިވެރިވި ޕޯލެއްގައި %87 އަންހެނުން ބުނެފައިވަނީ ތަލަ ފިރިހެނަކާ ނުވަތަ އިސްތަށިގަނޑު ތުނިވެފައިވާ ފިރިހެނަކާ ޑޭޓް ކުރާނެ ކަމަށެވެ.
ކޮންފިޑެންސަކީ ހުރިހާ އެއްޗެއް
ތަލަ ފިރިހެނުން ގިނަ ފަހަރު ލޯބީގެ މައިދާނުގައި ކާމިޔާބުވާ އެންމެ ބޮޑު ސަބަބެއް ކަމަށް ދިރާސާތައް ބުނަނީ އެ މީހުންގެ ކޮންފިޑެންސެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ތަލަ ފިރިހެނުން ފެންނަނީ ދިގު، ކޮންފިޑެންޓް، އަދި ޑޮމިނެންޓް ބައެއްގެ ގޮތުގައެވެ. ޞިއްޙީ ދިރާސާތައް ބެލި ގިނަ އަންހެނުން އެއްބަސްވެފައިވަނީ ކޮންފިޑެންސަކީ އެންމެ މުހިންމު ސިފަ ކަމަށާއި، ތަލަ ފިރިހެނުން ކެރިގެން ބޮލް ލުކެއް ގެންގުޅޭ ނަމަ ވަރަށް ބޮޑަށް ދަމައިގަންނަ ކަމަށެވެ.
ޓެކް ވިޔަފާރިވެރިޔާ ސެތް ގޮޑިން ބުނެފައިވާ ގޮތުގައި ބޯ ބާލައިލުމުން ކާމިޔާބުވާނެ ކަމެއް ނޫނެވެ، ނަމަވެސް ތިމާއަށް ލިބިފައިވާ ކަންކަމާ ހަވާލުވެ، އެހެން ބައެއް ކަމަށް ހެދެން ނޫޅޭ ބައެއްގެ ގޮތުގައި މީހުންނަށް ފެންނަނީއެވެ.
ރީތި ނުވަނީ ކޮން ހާލަތެއްގައި؟
މީގައި އެއް ޝަރުތެއް އެބައޮތެވެ. ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ ދިރާސާއިން ދައްކާ ގޮތުގައި ބައެއް ތަންތަނުން ތަލަވެފައިވާ ނުވަތަ އިސްތަށިގަނޑު ތުނިވެފައިވާ ފިރިހެނުން، އެއްކޮށް ތަލަ ފިރިހެނުންނަށްވުރެ ނުރީތި ކަމަށް ބައިވެރީން ބުނެފައިވެއެވެ. ތިން ވަނަ ދިރާސާއިން ވެސް ހަމަ މި ނަތީޖާ ލިބިފައިވެއެވެ: އެއްކޮށް ތަލަ ފިރިހެނުން ފެންނަނީ ބާރުގަދަ، ފިރިހެންވަންތަ، ވަރުގަދަ ބައެއްގެ ގޮތުގައެވެ، ނަމަވެސް ބައެއް ތަންތަނުން ތަލަވެފައިވާ ފިރިހެނުން ލިބުނީ އެންމެ ދަށް ރޭޓިންއެވެ. އެހެންކަމުން ސައިންސް ބުނާ ގޮތުގައި ބެސްޓް ގޮތަކީ ތުނިވެފައި ހުރި އިސްތަށިކޮޅާ ހަނގުރާމަ ނުކޮށް ބޯ ބާލައިލުމެވެ.
ތުނބުޅީގެ ބާރު
ތަލައާ އެކު ތުނބުޅިއެއް ބެހެއްޓުމަކީ ވެސް ބޮޑު ތަފާތެއް ގެނެސްދޭ ކަމެކެވެ. ތުނބުޅި ހުރި ތަލަ ފިރިހެނުން، ތުނބުޅި ނެތް ތަލަ ފިރިހެނުންނަށްވުރެ %15 ރީތި ކަމަށް ބައިވެރީން ބުނެފައިވެއެވެ. އަދި ތުނބުޅި ހުރި ތަލަ ފިރިހެނުން ވަރުގަދަ ކަމަށް ބެލެވޭ މިންވަރު %65 އިތުރުވެފައިވެއެވެ. ހަމައެހެންމެ ތުނބުޅިއާ އެކު ތަލަ ފިރިހެނުން މުއްސަނދި އަދި ކާމިޔާބު ކަމަށް ފެންނަ މިންވަރު ވެސް %13 އިތުރެވެ.
ފޮރުވައިގެން ނޫޅެ ކެރިގެން ދައްކައިލާ
ބޯ ބާލައިލި ފިރިހެނުންނަށް ލިބެނީ މިނިވަންކަމުގެ އިހުސާސާއި، އަންހެނުންނާ މުއާމަލާތު ކުރާއިރު ޖެހިލުން ކެނޑުމެވެ. ދިވެހީންގެ ތެރޭގައި ވެސް ތަލަ ބޯ ފޮރުވަން ތޮތްޕެއް އަޅައިގެން ނޫޅެ، ކެރިގެން ހިނގައިލާ ފިރިހެން ކުދީން ފެންނަ ވަރު ގިނަވެއްޖެއެވެ. ރީތީ ތިމާ ތިމާގެ ގޮތުގައި ހުންނައިރުއެވެ. ކޮންފިޑެންސާ އެކު ހިނިތުންވެލައިފައި ވާހަކަ ދައްކައިލީމައި ހުސް ބޮލަކީ އެއްވެސް މައްސަލައެއް ނޫނެވެ.
ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ ދިރާސާއިން ތަލަ ފިރިހެނުން ޑޮމިނެންޓް އަދި ކާމިޔާބު ބައެއް ކަމަށް ފެންނައިރު، ސައިކޮލޮޖިސްޓް ރޮނާލްޑް ހެންސް ގެ 20،000 އަށްވުރެ ގިނަ ބައިވެރީންގެ ދިރާސާއިން ދައްކާ ގޮތުގައި ތަލަ ފިރިހެނުން ފެންނަނީ ބުއްދިވެރި އަދި ވިސްނުންތޫނު ބައެއްގެ ގޮތުގައެވެ. އެހެންވީމައި ތިބާގެ ބައިވެރިޔާ ތަލައެއް ނަމަ ހިތާމަ ނުކުރާށެވެ. ތިބާގެ އަތުގައި ވިސްނުންތޫނު، ކެރޭ، ލީޑަރެއް ހުރީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް