މައިގަނޑު ބަޔަށް ދާން

ހަބަރު

އެމެރިކާގެ މެރިން ކޯޕްސްގެ ދެ އޮސްޕްރޭ ވީއައިއޭއަށް ޖައްސައިފި

އެމެރިކާ އަސްކަރިއްޔާގެ މެރިން ކޯޕްސްއަށް ނިސްބަތްވާ ބެލް-ބޯއިންގް އެމް.ވީ-22ބީ އޮސްޕްރޭ މަރުކާގެ ދެ މަތިންދާބޯޓެއް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ.

އެމެރިކާގެ މެރިން ކޯޕްސްގެ ދެ އޮސްޕްރޭ ވީއައިއޭއަށް ޖައްސައިފި

އެމެރިކާ އަސްކަރިއްޔާގެ މެރިން ކޯޕްސްއަށް ނިސްބަތްވާ ބެލް-ބޯއިންގް އެމް.ވީ-22ބީ އޮސްޕްރޭ މަރުކާގެ ދެ މަތިންދާބޯޓެއް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ.

އެ ބޯޓުތަކަކީ ހެލިކޮޕްޓަރެއްގެ ސިފަ އެކުލެވިގެންވާ ޓިލްޓްރޯޓަރ ވައްތަރުގެ ބޯޓެކެވެ. މެރިން ކޯޕްސްއިން މި ބާވަތުގެ ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ހަމަލާތަކަށް އެހީތެރިވުމަށާއި، ސިފައިން އުފުލުމަށާއި، ހަނގުރާމައިގެ ލޮޖިސްޓިކްސް ބެލެހެއްޓުމަށެވެ. ވައިގެ ދަތުރުފަތުރާ ގުޅޭ ޚަބަރު ގެނެސްދޭ "އޭވިއޭޓާސް މޯލްޑިވްސް" އެކައުންޓުން ވަނީ އެ ބޯޓުތައް ވީއައިއޭގައި ޓެކްސީ ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް އެކްސްގައި ހިއްސާކޮށްފައެވެ.

ވީއައިއޭއަކީ އެކި ޤައުމުތަކުގެ އަސްކަރީ ބޯޓުތައް އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރާ މަގުމަތީ ތެޔޮ އެޅުމަށް އިޚުތިޔާރުކުރާ އެއާޕޯޓެކެވެ. ރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން މުދާ އުފުލާ އެހެނިހެން ބޯޓުތައް ވެސް ޢާންމުކޮށް ރާއްޖެ އާދެއެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް މިހާރު ހަނގުރާމަ ކުރަމުންދާއިރު، ހަނގުރާމަ ފެށުނު ފަހުން ކުރިން ވެސް އެމެރިކާ އަސްކަރިއްޔާގެ ބޯޓެއް ރާއްޖެ އައިސްފައިވެއެވެ. ސަރުކާރުން ވަނީ އެއްވެސް ހަނގުރާމައަކުން ނިމިގެން ނުވަތަ ހަނގުރާމައަކަށް ދިއުމަށް ދަތުރުކުރާ ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތާނގައި ވެސް އެފަދަ އެހީތެރިކަމެއް ނުދޭނެ ކަމުގެ ޔަޤީންކަން ދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.