ހޮރްމޫޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކުގައި 25 ފަޅުވެރިން މަރުވެއްޖެ - އދ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 25 ފަޅުވެރިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފިއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 25 ފަޅުވެރިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފިއެވެ.
މި ޢަދަދުތައް ހާމަކޮށްފައިވަނީ މެދުއިރުމައްޗާއި އޭޝިއާ އަދި ޕެސިފިކް ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޚާލިދު ޚިޔާރީއެވެ. ހުކުރު ދުވަހު އދ. ގެ ސަލާމަތީ މަޖިލީހަށް މަޢުލޫމާތު ދެއްވަމުން ޚިޔާރީ ވިދާޅުވީ މި ތަފާސްހިސާބުތަކަކީ މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް އެއްކުރެވިފައިވާ ރެކޯޑުތައް ކަމަށެވެ.
އެ ސަރަޙައްދުގައި މިހާރު އޮތް ނުރައްކާތެރި ޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޚިޔާރީ ވިދާޅުވީ އެއީ އާދައިގެ ކަމެއްގެ ގޮތުގައި ބެލެވިގެން ނުވާނެ ކަމަށެވެ. އެއާ އެކު ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށް، ޢާންމު ޙާލަތަކަށް ދަތުރުފަތުރު ރުޖޫޢަކުރުމަށް އޭނާ ގޮވާލެއްވިއެވެ. ހަނގުރާމަ ފެށުނު ފަހުން އެންމެ ގިނަ ހާދިސާ ހިނގީ ނިމިދިޔަ އޮކްޓޫބަރު މަހު ކަމަށް ވެސް ޚިޔާރީ ވިދާޅުވިއެވެ.
އދ. ގެ ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމިއްޔާ (އައިއެމްއޯ) ގެ ރެކޯޑުތައް ދައްކާ ގޮތުން މާރިޗު އެކަކުން ނޮވެމްބަރު 11 ވަނަ ދުވަހާ ދެމެދު ހޮރްމޫޒް ކަނޑުއޮޅިއާއި މެދުއިރުމަތީގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް އަމާޒުވި 136 ސަލާމަތީ ހާދިސާއެއް ފާހަގަކުރެވިފައިވެއެވެ. އޭގެ ތެރެއިން 35 ހާދިސާ ހިނގީ އޮކްޓޫބަރު މަހު ކަމަށް ވާއިރު، ނޮވެމްބަރު މަހުގެ އެ ހިސާބަށް 10 ހާދިސާއެއް ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް