މައިގަނޑު ބަޔަށް ދާން

ހަބަރު

ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެއާ އެކު ދެމިއޮންނާނެ: ޔޫއެންޑީޕީ

ޕެންޝަން އޮފީހުން މިއަދު ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަދައްކަވަމުން، ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް ޔޫއެންޑީޕީން ބުނެފިއެވެ.

ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެއާ އެކު ދެމިއޮންނާނެ: ޔޫއެންޑީޕީ

ޕެންޝަން އޮފީހުން މިއަދު ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަދައްކަވަމުން، ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް ޔޫއެންޑީޕީން ބުނެފިއެވެ.

ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަދްނާން ޗީމާ ވިދާޅުވީ ޔޫއެންޑީޕީއަކީ ބޭންކެއް ނުވަތަ މާލީ އިދާރާއެއް ނޫން ނަމަވެސް، ތިމާވެށީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އީޖާދީ މާލީ ވަސީލަތްތައް ހޯދައިދިނުމުގައި އެ ޖަމިއްޔާ ދެމިއޮންނާނެ ކަމަށެވެ. ދުނިޔޭގެ އެހީގެ ބާޒާރު ބަދަލުވަމުންދާ ގޮތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އަދްނާން ފާހަގަކުރެއްވީ ހަމައެކަނި ހިލޭ އެހީއަށް ބަރޯސާވުމުގެ ބަދަލުގައި ސްޓްރެޓީޖިކް ޕާޓްނަޝިޕްތަކާއި އިންވެސްޓްމަންޓްތައް ބޭނުންކުރުމުގެ މުހިންމުކަމެވެ. ރާއްޖެ ފަދަ ޤައުމުތަކުން އެކި ބާވަތުގެ މާލީ ވަސީލަތް އެއްކޮށްލައިގެން ބޭނުން ހިފުމުގެ ބޭނުންތެރިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ޔޫއެންޑީޕީގެ އަމާޒަކީ ބޭންކުތަކާއި މާލީ އިދާރާތަކާ ގުޅިގެން، ތިމާވެށި ހިމާޔަތްކުރާނެ އައު މަގުތައް ދެއްކުން. އަޅުގަނޑުމެން ބޭނުންވަނީ އަމަލީ ގޮތުން ކުރެވިދާނެ ކަންކަން ތަޖުރިބާކޮށް، އެކަންކަން ބޮޑެތި އިންވެސްޓްމަންޓްތަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދޭން"

މީގެ އިތުރުން ރާއްޖޭގައި އިރުގެ ހަކަތައިގެ ދާއިރާ ފުޅާކުރުމާއި، ފަރުތައް ހިމާޔަތްކުރުމަށް އިންޝުއަރެންސް ފަދަ ވަސީލަތްތައް ބޭނުންކުރުމާއި، ޑިޖިޓަލް ނޯމަޑް ބާޒާރު ފަދަ އައު އިޤްތިޞާދީ ދާއިރާތައް ތަރައްޤީކުރުމުގައި ޔޫއެންޑީޕީގެ އެހީތެރިކަން ލިބޭނެ ކަމަށް އަދްނާން ވިދާޅުވިއެވެ. ރާއްޖޭގެ މާލީ ދާއިރާގެ އިސް ފަރާތްތައް ބައިވެރިވި މި ފޯރަމަށް މާލީ އިދާރާތަކުން ވަރަށް އެދެވޭ ގޮތެއްގައި އިޖާބަ ދިން ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.