އިހްތިރާމުގެ ޤައުމީ މަޝްރޫޢު މާފަންނު ޓްރެކްދަނޑުގައި ފަށައިފި
ދިވެހިންގެ މެދުގައި ރިވެތި އަޚްލާޤު އިޔާދަކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއް ކަމުގައިވާ އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު މާފަންނު ޓްރެކްދަނޑުގައި މިރޭ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި މަޝްރޫޢު ފައްޓަވައިދެއްވީ އެކަމަށް ޚާއްޞަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ގިނަ ޢަދަދެއްގެ ބަޔަކު އެ ރަސްމިއްޔާތަށް ހާޒިރުވެފައިވެއެވެ. ފަސް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ ގޮތަށް ރާވާފައިވާ މި މަޝްރޫޢުގެ ކަންކަން ވިލަރެސްކުރަނީ ކަމާ ގުޅުން ހުރި ވުޒާރާތަކާއި މުއައްސަސާތައް ހިމެނޭ ނުވަ މެންބަރުންގެ ކޮމިޓީއަކުންނެވެ.
މި ރަސްމިއްޔާތުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ، މި މަޝްރޫޢު ފެށުމުގެ މައިގަނޑު ސަބަބަކީ މުޖުތަމަޢުގައި އެކަކު އަނެކަކަށް އިހްތިރާމު ކުރުމުގެ ސިފަ އަލުން އަށަގެންނެވުމާއި، އެ ސިފަ ކުރިން އޮތް ގޮތަށް ރުޖޫޢަކުރެއްވުން ކަމަށެވެ. އެގޮތުން މުޖުތަމަޢު މިއަދު އޮތް ހާލަތަށް ރިޢާޔަތްކުރައްވައި މި މަޝްރޫޢު ފެށުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
މި މަޝްރޫޢު ރައީސް ޑރ. މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހު އދ. މަހިބަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް