މައިގަނޑު ބަޔަށް ދާން

ހަބަރު

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު މިއަދު އިފްތިތާޙުކޮށްފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު، "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ރަސްމީކޮށް މިއަދު އިފްތިތާޙުކުރައްވައިފިއެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު މިއަދު އިފްތިތާޙުކޮށްފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު، "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ރަސްމީކޮށް މިއަދު އިފްތިތާޙުކުރައްވައިފިއެވެ.

މި މަޝްރޫޢު އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހީނާ ވިދާޅުވީ މިއީ ކުރިއަށް އޮތް ޖީލުތަކުގެ ދެމިއޮތުމަށާއި އިންސާނީ ބިނާކުރުމަށް ދިވެހި ވެރިޔަކު މިހާތަނަށް ފެއްޓެވި އެންމެ ބޮޑު އެއް މަސައްކަތްޕުޅު ކަމަށެވެ. ޤައުމަކަށް މޮޅާއި ލާބަ ލިބެނީ ރީތި ޢިމާރާތްތަކަކުން ނޫން ކަމަށާއި، އެކަމުގެ ބިންގަލަކީ ރައްޔިތުންގެ ކިބައިގައި ހުންނަ އަޚުލާޤީ ސިފަތައް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ 700 އެއްހާ އަހަރު ކުރިން ރާއްޖެ ޒިޔާރަތްކުރެއްވި ސައްޔާޙު އިބްނު ބަތޫތާގެ ލިޔުއްވުންތަކަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ ސުލްޙަވެރި، ދީންވެރި އަދި ތެދުވެރި ބައެއްގެ ގޮތުގައި އޭރު ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް ޒަމާނަށް އައި ބަދަލުތަކާއެކު ދިވެހިންގެ އުޅުމާއި ގުޅުމަށް ނޭދެވޭ ބަދަލުތައް އައިސްފައިވާ ކަމުގެ ކަންބޮޑުވުން އެކަމަނާ ފާޅުކުރެއްވިއެވެ. ބޮޑެތި މީހުންގެ ފަރާތުން ކުޑަކުދިންނަށް ރިވެތި ނަމޫނާ ނުފެނުމާއި، އިސްރަށްވެހިންނަށް އިޙްތިރާމް ކުޑަވުމާއި، މީހުންގެ އަބުރު ކަތިލުމަށް ދޫތައް ވީއްލިފައިވުމާއި، ބަންގީގެ އަޑު އިވޭ ހިނދު ކުޅިވަރާއި ކޮފީ މޭޒުތަކުގައި ވަގުތު ބޭކާރުކުރުމާއި، އިސްލާމީ މިންގަނޑުން ބޭރުން ހެދުން އެޅުމާއި، މަގުމަތީ ފުރައްސާރަ އިތުރުވެފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ 38 އަހަރު ކުރިން ރާއްޖޭގެ މަޝްހޫރު އަދީބު އަލްމަރުޙޫމް އަލްއުސްތާޛު އިބްރާހީމް ޝިހާބު ދެއްވި ނަޞޭޙަތްޕުޅު ވެސް ހަނދާންކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހީންގެ އަޚުލާޤީ ފެންވަރު ދަށަށް ދާ ސަބަބުތައް ދެނެގަނެ އިޞްލާޙީ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން އޭރު ވެސް ޝިހާބު ފާހަގަކުރައްވާފައިވާ ކަމަށެވެ.

ވާހަކަފުޅު ނިންމަވައިލައްވަމުން މިނިސްޓަރު ވިދާޅުވީ ގެއްލެމުންދާ އަޚުލާޤީ ސިފަތައް އަލުން ދިރުވައި، އިޙްތިރާމުގެ ރިވެތި ސަގާފަތެއް ބިނާކުރުމަށް މުޅި މުޖުތަމަޢު އެކުގައި އަތުގުޅައިލުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.