މައިގަނޑު ބަޔަށް ދާން

ހަބަރު

އިޙްތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރައީސް އިފްތިތާޙުކޮށްފި

ދިވެހީންނަކީ އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރާ، އެކެއްގެ ލެޔާއި މުދަލާއި އަބުރު ރައްކާތެރިކުރާ ބައެއް ކަމުގައި ވާންޖެހޭ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު "އިޙްތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އިފްތިތާޙުކުރައްވައިފިއެވެ.

އިޙްތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރައީސް އިފްތިތާޙުކޮށްފި

ދިވެހީންނަކީ އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރާ، އެކެއްގެ ލެޔާއި މުދަލާއި އަބުރު ރައްކާތެރިކުރާ ބައެއް ކަމުގައި ވާންޖެހޭ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު "އިޙްތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އިފްތިތާޙުކުރައްވައިފިއެވެ.

މި މަޝްރޫޢަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ. އެ މަޝްރޫޢު އިފްތިތާޙުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާއިރު، އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ އަސްލު ރޫޙަކީ އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމު ކުރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކެއްގެ ކަރާމާތާއި ޤަދަރަށް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. މީހުންނަށް އިހާނެތިކޮށް ހިތުމާއި، މަލާމާތްކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި މީހުން ދަށްކޮށްލުން ފަދަ ނާތަހުޒީބު ކަންކަމުން މުޖުތަމަޢު ދުރުހެލިވާންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިޙްތިރާމު ކުރުމަކީ އިންސާނާ ކުރާ ލޮލަށް ނުފެންނަ މުޑުވައް ކުރުމެއް ކަމަށާއި، އޭގެ މޭވާއަކީ ހިތްތަކަށް ލިބޭ ފުން ތަސައްލީއެއް ކަމަށެވެ. ނަފްސާނީ ޢިލްމުވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަކީ މުޖުތަމަޢުގައި ކުލުނާއި ގާތްކަން އިތުރުވެ، އަމާންކަމާއި ހަމަޖެހުން ޤާއިމުވާ މައިގަނޑު ސަބަބު ކަމަށް ވެސް ވިދާޅުވިއެވެ. ދިވެހީންގެ އިންސާނީ އިސްލާމީ އަޚްލާޤުގެ ސަބަބުން ލިބޭ އިލާހީ މަދަދުތަކަށް ދިވެހީންގެ ދުޝްމަނުން ބިރުގަންނަ ކަން އިބްނު ބަތޫޠާ ފާހަގަކުރައްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އިޙްތިރާމް ކުރުމަކީ ހަމައެކަނި ވަކި ދާއިރާއަކަށް އޮތް ކަމެއް ނޫނެވެ. މަގުމައްޗަށާއި ގުދުރަތީ ވެއްޓަށާއި މަދަރުސާތަކަށާއި އޮފީސްތަކާއި ތިމާގެ ޒިންމާތަކަށް ވެސް ފުރިހަމައަށް އިޙްތިރާމު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.