މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ސާފް ސެމީގައި ޕާކިސްތާނުން ބަންގްލަދޭޝް ބަލިކޮށް ތާރީޚީ ފައިނަލަކަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްގެ ނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ޕާކިސްތާނުން އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސާފް ސެމީގައި ޕާކިސްތާނުން ބަންގްލަދޭޝް ބަލިކޮށް ތާރީޚީ ފައިނަލަކަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްގެ ނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ޕާކިސްތާނުން އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މެޗުގެ ބޮޑު ބައެއްގައި ބޯޅައިގެ ކޮންޓްރޯލް ނަގައި ހަމަލާތައް އުފެއްދުމަށް ބަންގްލަދޭޝް މަސައްކަތް ކުރި ނަމަވެސް، ޕާކިސްތާނުގެ ޑިފެންސް ފޫއަޅުވައިލެވޭ ގޮތެއް ނުވެ ދެ ޓީމު ހަމަހަމަކޮށް މެޗު ކުރިއަށް ދިޔައެވެ. ބަންގްލަދޭޝްގެ ރާކިބު ހުސައިނަށް ލީޑު ނެގުމުގެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ޕާކިސްތާނުގެ ކެޕްޓަން ޢަބްދުﷲ އިޤުބާލް ގޯލު ރޮނގުމަތިން އެ ބޯޅަ ސަލާމަތްކުރީއެވެ. ޕާކިސްތާނުން އުފެއްދި ނުރައްކާތެރި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފައިވެއެވެ.

މެޗުގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ 86 ވަނަ މިނެޓުގައެވެ. ޕާކިސްތާނުގެ ޢަބްދުލް ސަމަދު ޝަހުޒާދު ފޮނުވައިލި ހަމަލާ ހުއްޓުވުމުގައި ބަންގްލަދޭޝްގެ ގޯލްކީޕަރު މެހްދީ ހަސަން ސުރާބޮންއަށް ހެދުނު ގޯހާ އެކު ބޯޅަ ގޯލުގެ ތެރެއަށް ވަދެ، މެޗުގެ ނަތީޖާ ޕާކިސްތާނު ކޮޅަށް ނިމިގެން ދިޔައެވެ.

މިއީ ޕާކިސްތާނު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ބަންގްލަދޭޝް 2005 ވަނަ އަހަރަށް ފަހު ފައިނަލަކަށް ދިއުމަށް ކުރި އުންމީދު މި ނަތީޖާއާ އެކު ނިމުމަކަށް އައީއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.