މައިގަނޑު ބަޔަށް ދާން

ދުނިޔެ

ހަންގޭރީގެ ކުރީގެ ވަޒީރެއްގެ ރިޝްވަތުގެ ތަހުގީގުން 19.5 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ހޯދައިފި

ހަންގޭރީގެ ކުރީގެ ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު މިކްލޯސް ސެސްޓާކްގެ މައްޗަށް ހިންގާ ކޮރަޕްޝަންގެ ތަހުގީގެއްގެ ތެރެއިން ދަނޑުވެރިކަމުގެ އިމާރާތްތަކާއި ޖަންގަލީގެ އަޑީގައި ވަޅުލާފައި ހުރި ގާތްގަނޑަކަށް 19.5 މިލިއަން އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާ އެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހޯދައިފިއެވެ.

ހަންގޭރީގެ ކުރީގެ ވަޒީރެއްގެ ރިޝްވަތުގެ ތަހުގީގުން 19.5 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ހޯދައިފި

ހަންގޭރީގެ ކުރީގެ ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު މިކްލޯސް ސެސްޓާކްގެ މައްޗަށް ހިންގާ ކޮރަޕްޝަންގެ ތަހުގީގެއްގެ ތެރެއިން ދަނޑުވެރިކަމުގެ އިމާރާތްތަކާއި ޖަންގަލީގެ އަޑީގައި ވަޅުލާފައި ހުރި ގާތްގަނޑަކަށް 19.5 މިލިއަން އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާ އެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހޯދައިފިއެވެ.

ސެސްޓާކް އަކީ ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯރްބާންގެ 16 އަހަރުގެ ވެރިކަމުގައި ހަތަރު އަހަރު ވަންދެން އެ މަޤާމު ފުރި ވަޒީރެކެވެ. ދައުލަތުގެ ދަތުރުފަތުރާ ބެހޭ ކުންފުންޏާ ގުޅުން ހުރި މަޝްރޫޢުތަކަކުން ރިޝްވަތު ނެގި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭއިރު، އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ހަންގޭރީގެ ނޭޝަނަލް އެސެޓް ރިކަވަރީ އެންޑް ޕްރޮޓެކްޝަން އޮފީސް (އެންވީވީއެޗް) އިން ބުނީ ދެ ދުވަހުގެ މުއްދަތަށް ހިންގި އެ އޮޕަރޭޝަނުގައި ތިޖޫރީތަކާއި ޖަންގަލީގެ އަޑިންނާއި ވޭއާހައުސްތަކުން ގިނަ ޢަދަދެއްގެ ނޫޓުބޮނޑި ފެނިފައިވާ ކަމަށެވެ. ފެނުނު ފައިސާގެ ތެރޭގައި 5.07 ބިލިއަން ފޮރިންޓާއި 2.6 މިލިއަން ޔޫރޯ އަދި 1.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭއިރު، އެ ފައިސާ މިހާރު ވަނީ ދައުލަތުގެ ޚަޒާނާއަށް ޖަމާކޮށްފައެވެ.

ހަންގޭރީގެ އައު ބޮޑުވަޒީރު ޕީޓަރ މަގްޔާރު ވިދާޅުވީ މިއީ އެ ޤައުމުގައި އޮތް "މާފިއާ" ނިމުމަކަށް އައުން ކަމަށެވެ. ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އެޅުއްވުމުގެ ވަޢުދާ އެކު މިދިޔަ އެޕްރީލް މަހުގެ އިންތިޚާބު ކާމިޔާބުކުރެއްވި މަގްޔާރުގެ ސަރުކާރުން ވަނީ "އޮޕަރޭޝަން ޕާގަޓަރީ" ގެ ނަމުގައި އެންވީވީއެޗް އުފައްދަވައިފައެވެ.

ކުރީގެ ބޮޑުވަޒީރު އޯރްބާން ވިދާޅުވީ މިއީ ސިޔާސީ ބަދަލު ހިފުމެއް ކަމަށާއި މި "މުޑުދާރު ކުޅިވަރުގެ" ޙަޤީޤީ އަމާޒަކީ ސިޔާސީ ވާދަވެރިން ނައްތައިލުން ކަމަށެވެ. އޯރްބާން ވިދާޅުވި ގޮތުގައި އޭނާގެ ކޮއްކޮއަކީ ހަމައެކަނި ބޭނުންކުރާ ވަސީލަތެއް ކަމަށާއި އަސްލު އަމާޒަކީ އޭނާ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރުން ފެށިގެން ސެސްޓާކް ހިމެނޭ ގޮތަށް ކުރީގެ ދެ ވަޒީރަކާއި ސެންޓްރަލް ބޭންކުގެ ކުރީގެ ވެރިޔާ ޖޯޖީ މަޓޮލްސީ ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި މި ހަފުތާގެ ހޯމަ ދުވަހު އޯރްބާންގެ ކޮއްކޮ ހިމެނޭ ގޮތަށް ހަތަރު މީހަކު މީހުން ސްމަގުލްކުރުމުގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.