މައިގަނޑު ބަޔަށް ދާން

ހަބަރު

މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ހޮސްޕިޓަލުގައި އޮއްވާ ބަންދަށް 15 ދުވަސް

މަސްތުވާތަކެތީގެ ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައި ހުރި 39 އަހަރުގެ ފިރިހެނަކު ބަންދުގައި ހުއްޓާ ފިޓު ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް، އޭނާގެ ޣައިރު ހާޒިރުގައި ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ.

މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ހޮސްޕިޓަލުގައި އޮއްވާ ބަންދަށް 15 ދުވަސް

މަސްތުވާތަކެތީގެ ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައި ހުރި 39 އަހަރުގެ ފިރިހެނަކު ބަންދުގައި ހުއްޓާ ފިޓު ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް، އޭނާގެ ޣައިރު ހާޒިރުގައި ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކޮށް އަދި ޓްރެފިކްކުރި ކަމުގެ ތުހުމަތުގައެވެ. ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ކޯޓަށް ހުށަހެޅީ، އެ މީހާއަށް ފިޓު ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތީ ކޯޓަށް ހާޒިރުކުރެވެން ނެތުމުންނެވެ. އެކަން ސާބިތުކޮށްދިނުމަށް ހޮސްޕިޓަލުގެ ލިޔެކިޔުންތައް ވެސް ފުލުހުން ކޯޓަށް ހުށަހަޅާފައިވެއެވެ.

މައްސަލަ ބެއްލެވި ގާޟީ އަޙްމަދު ޝާފިޢު ކަނޑައެޅުއްވީ، އެ މީހާ ހައްޔަރުކޮށްފައި ވަނީ ޤާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. ބަންދު އަމުރުގައިވާ ގޮތުން، ތުހުމަތަށް ބާރުދޭ ހެކީގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓަކާއި، ސީނަށް ދިޔަ ފުލުހެއްގެ ހެކިބަހުގެ ބަޔާނާއި، ހައްޔަރާއި ބަންދުގެ ރެކޯޑުތައް ހިމެނެއެވެ. އެ މީހާ ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ، ކަސްޓޯޑިއަލް ޖަލެއްގައި 15 ދުވަހަށް ބެހެއްޓުމަށް ގާޟީ އަމުރުކުރެއްވިއެވެ.

ޣައިރު ހާޒިރުގައި މި ނިންމުން ނިންމި ނަމަވެސް، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ފަދަ ސިއްޙީ ހާލަތަކަށް އެ މީހާ އައުމާ އެކު 24 ގަޑިއިރުގެ ތެރޭގައި އަލުން ފަނޑިޔާރެއްގެ ކުރިމައްޗަށް ގެނެސް ބަންދާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ބަންދު އަމުރުގައި ފުލުހުންނަށް އަންގާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.