މައިގަނޑު ބަޔަށް ދާން

ހަބަރު

ޝާހިދުގެ ބަންދުގެ އިސްތިއުނާފު އަޑުއެހުން ތާވަލުކޮށްފައި ކެންސަލްކޮށްފި

ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޢަބްދުﷲ ޝާހިދުގެ ބަންދާ މެދު ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު މެންދުރުފަހަށް ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފިއެވެ.

ޝާހިދުގެ ބަންދުގެ އިސްތިއުނާފު އަޑުއެހުން ތާވަލުކޮށްފައި ކެންސަލްކޮށްފި

ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޢަބްދުﷲ ޝާހިދުގެ ބަންދާ މެދު ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު މެންދުރުފަހަށް ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފިއެވެ.

ޝާހިދު ހައްޔަރުކޮށްފައި ވަނީ މި މަހު ކުރީކޮޅު ކޯޓު އަމުރެއްގެ ދަށުންނެވެ. އެ ފަހުން ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހާފައިވާ އިރު، އެ ނިންމުން އިސްތިއުނާފުކުރިތާ ގާތްގަނޑަކަށް ހަފުތާއެއް ފަހުން އަޑުއެހުން ތާވަލުކުރި ނަމަވެސް ކެންސަލްކުރި ސަބަބެއް ހައި ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާގެ މައްސަލަތައް ޢާންމު ގޮތެއްގައި ކުރިއަށް ގެންދަނީ ސިއްރުކޮށެވެ.

ހައި ކޯޓުގެ ތާވަލުން އެނގޭ ގޮތުގައި މައްސަލައިގެ ބެންޗުގައި ތިއްބެވީ އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އާއި ފަނޑިޔާރު އިސްމާޢީލް ޝަފީޢު އާއި ފަނޑިޔާރު ފާޠިމަތު ފަރުހީޒާއެވެ. ޖަމީލް އާއި ޝަފީޢު ހައި ކޯޓަށް ޢައްޔަންކޮށްފައި ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުންނެވެ.

ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ޝާހިދު ސޯޝަލް މީޑިއާގައި ތުހުމަތުތައް ދޮގުކުރައްވައި ވިދާޅުވީ "މިއީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލުމަށްޓަކައި ފަތުރަމުންދާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް" ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ ޝާހިދު ހައްޔަރުކުރުމުގެ ފަހަތުގައި ސިޔާސީ އެއްވެސް މަޤުޞަދެއް ނޯންނާނެ ކަމަށެވެ.

އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ 64 އަހަރުގެ ޝާހިދުގެ މައްޗަށް މި ތުހުމަތުތައް ކުރެވިފައި ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.