މައިގަނޑު ބަޔަށް ދާން

ހަބަރު

ށ. އަތޮޅުން އދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު — ގަޑިއަކު 40 މޭލަށް ވައިގަދަވާނެ

ށ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ނުވަ އަތޮޅަކަށް މޫސުން ގޯސްވެ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.

ށ. އަތޮޅުން އދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު — ގަޑިއަކު 40 މޭލަށް ވައިގަދަވާނެ

ށ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ނުވަ އަތޮޅަކަށް މޫސުން ގޯސްވެ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.

އެ ސަމާލު ނެރެފައި ވަނީ މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00 އާ ހަމައަށެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

ރީނދޫ ސަމާލުގެ އިތުރުން ހއ. އަތޮޅުން ތ. އަތޮޅާ ހަމައަށް ހުދު ސަމާލެއް ވެސް ވަނީ ނެރެފައެވެ. އެ ސަމާލުގެ ވަގުތަކީ ހެނދުނު 10:30 އިން ހަވީރު 4:30 އާ ހަމައަށެވެ. އެ ވަގުތުތަކުގައި އެ ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި 35 މޭލަށް ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.