މައިގަނޑު ބަޔަށް ދާން

ހަބަރު

ގެސްޓްހައުސްއަކަށް ގެންގޮސް އަންހެނަކު ރޭޕްކުރި މީހަކަށް 15 އަހަރުގެ ޖަލު ހުކުމެއް

ފޭސްބުކް މެދުވެރިކޮށް ދެނެގަތް އަންހެނަކު މާލޭގެ ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކުރުމުގެ ކުށް ސާބިތުވެ ލ. މާބައިދޫ، އިސްމާޢީލް ޖުމާން 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ގެސްޓްހައުސްއަކަށް ގެންގޮސް އަންހެނަކު ރޭޕްކުރި މީހަކަށް 15 އަހަރުގެ ޖަލު ހުކުމެއް

ފޭސްބުކް މެދުވެރިކޮށް ދެނެގަތް އަންހެނަކު މާލޭގެ ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކުރުމުގެ ކުށް ސާބިތުވެ ލ. މާބައިދޫ، އިސްމާޢީލް ޖުމާން 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ކުށް ހިނގާފައިވަނީ 2022 ވަނަ އަހަރުގެ މާރިޗު 23 ގައި ފަތިހު ފަހެއް ޖެހި އެހައިކަންހާއިރު، ހ. ލަންދޫ ގޭގައި ހިންގާ ރިއަލްއިން ގެސްޓްހައުސްގެ ކޮޓަރިއެއްގެ ތެރޭގައެވެ. ޖިންސީ ކުށުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ނުރުހުމުގައި ރޭޕްކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ޖުމާންގެ މައްޗަށް އުފުލީ އެ ހާދިސާއާ ގުޅިގެންނެވެ.

އަނިޔާ ލިބުނު ފަރާތުން ހެކިބަސް ދީ ބުނެފައިވަނީ ފޭސްބުކުން ދެ މީހުން ދަންނަ ކަމަށާއި، ސައިކަލު ބުރެއް ޖެހުމަށްފަހު ގެސްޓްހައުސްއަށް ވަދެ އެނދުގައި އިށީނދެ އިންދާ ކަރުގައި ހިފައި ގަދަކަމުން އަންނައުނު ބާލުވައި ރޭޕްކުރީ ކަމަށެވެ. ނުކުރުމަށާއި ތަދުވާ ކަމަށް ތަކުރާރުކޮށް އާދޭސްކުރި ނަމަވެސް، ކައިވެނިކުރާނެ ކަމަށް އެއްބަސްވުމުން ނޫނީ އެ ޢަމަލު ހުއްޓާ ނުލީ ކަމަށް ވެސް ހެކިބަހުގައިވެއެވެ. ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރޮވިފައި ހުރެ އެ ވާހަކަ ރަޙްމަތްތެރިއަކަށް ކިޔައިދީފައިވާކަން އެ ރަޙްމަތްތެރިޔާގެ ހެކިބަހުން ކަށަވަރުވެފައިވެއެވެ.

އައިޖީއެމްއެޗުގެ މެޑިކޯ ލީގަލް ރިޕޯޓާއި ޑޮކްޓަރުގެ ހެކިބަހުން އަންހެން މީހާގެ ކަރުގައި ބުރޫޒް މާކްތައް ހުރިކަމާއި ގަދަކަމުން ޖިންސީ ގުޅުން ހިންގިކަން ސާބިތުވެފައިވެއެވެ. އޭގެ އިތުރުން ފުލުހުންގެ ފޮރެންސިކް ޑީއެންއޭ ރިޕޯޓުން ޖުމާންގެ ޑީއެންއޭ އެ އަންހެން މީހާގެ ހަށިގަނޑުންނާއި އަންނައުނުން ފެނިފައިވެއެވެ.

މި ހެކިތަކުގެ މައްޗަށް ބިނާކޮށް ޤާޟީ މުޒައްމިލް ނާޞިރު ނިންމެވީ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ރޭޕްކުރުމުގެ ކުށުގެ މާއްދީ ރުކުނާއި މަޢުނަވީ ރުކުން ޖުމާންގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.