މާލެ-ތިލަފުށި ކޮންޓޭނާ އުފުލުމުގެ އާ ރޭޓްތައް އެމްޕީއެލުން ކަނޑައަޅައިފި
މާލޭ ވިޔަފާރި ބަނދަރުން ތިލަފުއްޓަށް ކަނޑުމަގުން ކޮންޓޭނާ އުފުލުމަށް ވަކި އަގުތަކެއް އެމްޕީއެލުން ކަނޑައަޅައިފިއެވެ.
މާލޭ ވިޔަފާރި ބަނދަރުން ތިލަފުއްޓަށް ކަނޑުމަގުން ކޮންޓޭނާ އުފުލުމަށް ވަކި އަގުތަކެއް އެމްޕީއެލުން ކަނޑައަޅައިފިއެވެ.
މުދަލާ އެކު ކްލިއާކުރާ ފުލް ކޮންޓޭނާ ލޯޑް (އެފްސީއެލް) ކޮންޓޭނާތައް ކްލިއާކުރުމުގެ ޚިދުމަތް ތިލަފުށި ކާގޯ ޓާމިނަލަށް ބަދަލުކޮށް، އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން އެ ޓާމިނަލުގައި އެ ޚިދުމަތް ވަނީ ފަށައިފައެވެ. އޮކްޓޫބަރު 27 އިން ނޮވެމްބަރު 14 އާ ހަމައަށް ތިލަފުއްޓަށް އެފްސީއެލް ކޮންޓޭނާ ގެންދިޔުމަށް ނަގައިފައިވަނީ މާލޭ ވިޔަފާރި ބަނދަރުން ހުޅުމާލެ ޓާމިނަލަށް ކަނޑުމަގުން ކޮންޓޭނާ ގެންދިޔުމަށް ނަގަމުން އައި ޓެރިފެވެ.
ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން އާ ރޭޓްތައް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން 20 ފޫޓުގެ ކޮންޓޭނަރެއް އުފުލުމަށް 1,500 ރުފިޔާ، 40 ފޫޓުގެ ކޮންޓޭނަރެއް އުފުލުމަށް 3,000 ރުފިޔާ ނެގުމަށް ވަނީ ހަމަޖައްސައިފައެވެ.
މާލެއާއި ތިލަފުއްޓާ ދެމެދު އޮންނަ ދުރުމިނަށް ރިޢާޔަތްކޮށް، މި ޚިދުމަތަށް އެކަށީގެންވާ އަގުތަކެއް ކަނޑައެޅުމުގެ މަޤުޞަދުގައި ގެނައި ބަދަލެއް ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް