ނޭޝަނަލް ފުޓްސަލް އެރީނާގެ ޢަމަލީ މަސައްކަތް މިއަދު ފަށަނީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތިން ފަންގިފިލާގެ ޒަމާނީ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްއެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފެށުމަށް ނިންމައިފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތިން ފަންގިފިލާގެ ޒަމާނީ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްއެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފެށުމަށް ނިންމައިފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުން ޙަވާލުކޮށްފައިވަނީ ލޮޖިސްޓިކްސް އަދި ޢިމާރާތްކުރުމުގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ލިއޯ ޓްރޭޑިންއާއެވެ. މި ކޮމްޕްލެކްސް ޢިމާރާތްކުރުމަށް ބިން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އަދި އެޗްޑީސީއާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހުއެވެ.
މި ފެސިލިޓީގެ ގްރައުންޑް ފްލޯ ޚާއްޞަކޮށްފައިވަނީ ފީފާގެ މިންގަނޑުތަކަށް ފެތޭ ބައިނަލްއަޤުވާމީ މެޗުތައް ކުޅުމަށެވެ. މަތީ ދެ ފަންގިފިލާގައި ކުޅުންތެރިންގެ ފަރިތަކުރުންތަކަށް ޖުމްލަ ހަތަރު ޕިޗު ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން ކްލާސްރޫމްތަކާއި، ފަސްޓްއެއިޑް ރޫމަކާއި، ޓެކްނިކަލް ރޫމްތަކާއި، ކުޅިބަލާ ފަރާތްތަކާއި ކުޅުންތެރިންނަށް ޚާއްޞަ ކެފެޓީރިއާއެއް ވެސް މި ޢިމާރާތުގައި ހިމެނޭނެއެވެ.
މި އެރީނާއާ ގުޅޭ ގޮތުން މި އަހަރުގެ ޖުލައި މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މި ތަނުގައި ބައިނަލްއަޤުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ދަނޑަކާއި ކުޅުންތެރިން ތަމްރީނުކުރުމަށް ޚާއްޞަ ދަނޑުތައް ހުންނާނެ ކަމަށެވެ.
މިފަދަ ޒަމާނީ ފެސިލިޓީއެއް ރާއްޖޭގައި ނެތް ނަމަވެސް، ދިވެހި ފުޓްސަލް ޓީމުން ވަނީ ސަރަޙައްދީ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ދާދި ފަހުން ޗައިނާގައި ބޭއްވި އިންވިޓޭޝަނަލް މުބާރާތުން ލޯ މެޑެލް ހާސިލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް