ޙަރަމްފުޅަށް ޒިޔާރަތްކުރާ ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނަށް ރައްކާތެރިކަމުގެ ބޭންޑެއް ތައާރަފްކޮށްފި
ދެ ޙަރަމްފުޅުގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައިވާ ޖެނެރަލް އޮތޯރިޓީން، މަސްޖިދުލް ޙަރަމަށް އަޅުކަމަށް ދާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސަލާމަތަށްޓަކައި ޚާއްޞަ ސޭފްޓީ ބޭންޑެއް ތައާރަފްކޮށްފިއެވެ.

މި ބޭންޑަކީ އެ އަޅާ މީހެއްގެ ޒާތީ މަޢުލޫމާތާއި ގުޅޭނެ ނަންބަރުތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ބޭންޑެކެވެ. ޙަރަމްފުޅު ފަދަ މީހުން ގިނަ ތަނެއްގައި އާއިލާއާ ވަކިވެއްޖެ ހާލަތެއްގައި، އެ މީހަކީ ކާކުކަން ވަގުތުން ދެނެގަނެ، އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް އަވަސްކުރުމަކީ މި ބޭންޑުގެ މައިގަނޑު ބޭނުމެވެ.
ޙަރަމްފުޅުގައި ގާއިމުކޮށްފައިވާ ގެސްޓް ކެއަރ ސެންޓަރުތައް މެދުވެރިކޮށް މި ޚިދުމަތް ހިލޭ ފޯރުކޮށްދެއެވެ. މި އިންތިޒާމުގެ ސަބަބުން ޒިޔާރަތްތެރިންގެ މެދުގައި ހުންނަ ކަންބޮޑުވުން ކުޑަވެ، އިތުރު ރައްކާތެރިކަމެއް އިހުސާސް ކުރެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މިފަދަ އިންތިޒާމުތަކުގެ ސަބަބުން މާތް ﷲ ގެ ގެކޮޅަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް ބަލިމީހުންނާއި ދޮށީ އުމުރުގެ މީހުންނަށް، ނުތަނަވަސްކަމެއް ނެތި އަޅުކަން ފުރިހަމަކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް