ދަނޑުވެރިކަމުގެ ޤައުމީ ބޯހިމެނުމުގެ ޢަމަލީ މަސައްކަތް ފުރަތަމަ ފަހަރަށް ފަށައިފި
ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއާ ގުޅޭ ތަފާސްހިސާބު އެއްކުރުމަށް ޤައުމީ ފެންވަރުގައި ހިންގާ ފުރަތަމަ ބޯހިމެނުމުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއާ ގުޅޭ ތަފާސްހިސާބު އެއްކުރުމަށް ޤައުމީ ފެންވަރުގައި ހިންގާ ފުރަތަމަ ބޯހިމެނުމުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ބޯހިމެނުމަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީއާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އަދި އދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ (އެފްއޭއޯ) ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ވިޔަފާރީގެ އުސޫލުން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށްރަށުން 39 ފަރާތަކުން މިހާރު ވެސް މި ބޯހިމެނުމުގެ ހަރަކާތްތަކުގައި ބައިވެރިވަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ މި ބޯހިމެނުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ އިތުބާރުހުރި ތަފާސްހިސާބު އެއްކުރުމަށް އެޅުނު ތާރީޚީ ފިޔަވަޅެއް ކަމަށާއި، "މިއީ ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރި ގޮންޖެހުންތަކާއި، ދާއިރާއަށް ބޭނުންވާ މުހިންމު ކަންކަން ދެނެގަތުމަށް އެޅިގެންދިޔަ ވަރުގަދަ ބިންގަލެއް" ކަމަށެވެ.
މި ދިރާސާގެ ޒަރީޢާއިން ދަނޑުވެރިކަމުގެ ދާއިރާގައި ހުރި އައު ފުރުޞަތުތައް ދެނެގަނެވި، އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކާބޯތަކެތީގެ ޔަޤީންކަން ޤާއިމުކުރުމަށް ހަރުދަނާ ސިޔާސަތުތައް އެކަށައެޅުމުގައި، މި ބޯހިމެނުމުން ލިބޭ މަޢުލޫމާތު މުހިންމު ވަސީލަތަކަށް ވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް