ރަސްމާލެ މަޝްރޫޢަށް ތާއީދުކޮށް، ބޭރުގެ އިންވެސްޓްމަންޓާ ދެކޮޅު ނުހެދުމަށް ނަޝީދު އިލްތިމާސްކޮށްފި
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ޤަބޫލުކުރުމަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ހިމާޔަތްކުރުމަށް ބާރުލިބޭ ކަމެއް ކަމަށް ވިދާޅުވެ، ރަސްމާލެ މަޝްރޫޢަށް ފާޅުގައި ތާއީދުކުރައްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ޤަބޫލުކުރުމަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ހިމާޔަތްކުރުމަށް ބާރުލިބޭ ކަމެއް ކަމަށް ވިދާޅުވެ، ރަސްމާލެ މަޝްރޫޢަށް ފާޅުގައި ތާއީދުކުރައްވައިފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިސްތިޢުމާރީ އަޅުވެތިކަމުން މިނިވަންވި ޤައުމުތަކުގެ ތެރެއިން ތަރައްޤީ ހޯދައިފައިވަނީ ބޭރުގެ ސީދާ އިންވެސްޓްމަންޓަށް ދޮރު ހުޅުވައިލި ޤައުމުތައް ކަމަށެވެ. ސިންގަޕޫރާއި ދެކުނު ކޮރެއާ މިސާލެއްގެ ގޮތުގައި ނަންގަނެ، އެ ދެ ޤައުމުގެ އިޤުތިޞާދީ ކުރިއެރުމުގެ ފަހަތުގައި ބޭރުގެ އިންވެސްޓްމަންޓް އޮތް ކަމަށާއި، އެ ކަމުގެ ސަބަބުން ބައިނަލްއަޤުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ މަޤާމެއް އެ ޤައުމުތަކަށް ލިބިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އައު އުފެއްދުންތައް އުފައްދައި އުފެއްދުންތެރިކަން ކުރިއެރުވުމަށް މަގުފަހިވާ ބާވަތުގެ އިންވެސްޓްމަންޓަށް އިސްކަންދޭންޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ބޭރުގެ އިންވެސްޓްމަންޓްތަކާ ދެކޮޅު ހެދުމަކީ އެމްޑީޕީއަށް ސިޔާސީ ގޮތުން ގެއްލުން ލިބޭނެ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އީގަލް ހިލްސް ފަދަ ބޮޑެތި އިންވެސްޓަރުންނާއި ޔޫއޭއީ ފަދަ ޤައުމުތަކާ ދެކޮޅަށް ވާހަކަ ނުދެއްކެވުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނަށް ނަޝީދު ވަނީ އިލްތިމާސްކުރައްވައިފައެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ 12 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢާ ދެކޮޅަށް އެމްޑީޕީގެ ތެރެއިން ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި، އެ މަޝްރޫޢު އިޢުލާނުކުރެވުނު ހިސާބުން ވެސް ނަޝީދު ގެންދަވަނީ ރަސްމާލޭގައި ވޯޓާފްރަންޓެއް ތަރައްޤީކުރުމަކީ ރަނގަޅު ވިސްނުމެއް ކަމަށް ވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް