Newscast
ކުޅިވަރު

ކާފްގެ ފުރިހަމަ ތާއީދު އިންފަންޓީނޯ އަށް އިންތިޚާބަށް ކެމްޕެއިން ފެށިއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 08 Aug 2026
ކާފްގެ ފުރިހަމަ ތާއީދު އިންފަންޓީނޯ އަށް އިންތިޚާބަށް ކެމްޕެއިން ފެށިއްޖެ
ޔޫއެފާއިން އަދިވެސް ބުނަނީ ވޯލްޑްކަޕް ބޯއިކޮޓް ކުރާނެ ކަމަށް-

ކާފްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި އިންފަންޓީނޯ އަށް އޮތް ތާއީދު ދެމެހެއްޓުމާ މެދު ގޮތެއް ނިންމުމަށް ހުށަހެޅުނު ހުށަހެޅުމަށް ހާޒިރުވި ހުރިހާ މެންބަރުން އެއްބަސްވިއެވެ. މި ނިންމުމާ އެކު ރިޔާސީ އިންތިޚާބުގައި އިންފަންޓީނޯ އަށް ތާއީދުކުރާކަން ހާމަކުރި ބައިނަލްއަޤުވާމީ ފެންވަރުގެ ފުރަތަމަ ކޮންފެޑެރޭޝަނަކަށް ކާފް ވެގެންދިޔައެވެ. ފީފާގައި ޖުމްލަ 211 މެންބަރު ޤައުމު ހިމެނޭ އިރު ކާފްގެ ދަށުގައި 54 މެންބަރު އެސޯސިއޭޝަން އެބައޮތެވެ.

އަންނަ އަހަރު ބާއްވާ ފީފާގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާ ކާފްއިން ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އާ އެކު ސާބިތުވެ ހުރިކަން އިއްޔެ ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

ކާފްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި އިންފަންޓީނޯ އަށް އޮތް ތާއީދު ދެމެހެއްޓުމާ މެދު ގޮތެއް ނިންމުމަށް ހުށަހެޅުނު ހުށަހެޅުމަށް ހާޒިރުވި ހުރިހާ މެންބަރުން އެއްބަސްވިއެވެ. މި ނިންމުމާ އެކު ރިޔާސީ އިންތިޚާބުގައި އިންފަންޓީނޯ އަށް ތާއީދުކުރާކަން ހާމަކުރި ބައިނަލްއަޤުވާމީ ފެންވަރުގެ ފުރަތަމަ ކޮންފެޑެރޭޝަނަކަށް ކާފް ވެގެންދިޔައެވެ. ފީފާގައި ޖުމްލަ 211 މެންބަރު ޤައުމު ހިމެނޭ އިރު ކާފްގެ ދަށުގައި 54 މެންބަރު އެސޯސިއޭޝަން އެބައޮތެވެ.

ފީފާ ފޯވާޑް އެންޓަޕްރައިޒަސް ޕްލޭނާ ގުޅިގެން މެންބަރު ކޮންފެޑެރޭޝަންތަކުގެ ހިތްހަމަނުޖެހުން ފާޅުކުރުމުން އެ ހުށަހެޅުން އަނބުރައި ގެންދެވުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށް ކާފްއިން ފާހަގަކުރިއެވެ. އަދި ގޯސް ހެދުނުކަމަށް ޤަބޫލުކޮށް މައާފަށް އެދިވަޑައިގަތުމުން އެ މައާފު ބަލައިގަންނަ ކަމަށް ވެސް ކާފްއިން ހާމަކުރިއެވެ. ހަމަ އެ ޕްލޭނާ ދެކޮޅު ހެދި ފަރާތްތަކުގެ ތެރޭގައި ޔޫއެފާ އާއި އޭއެފްސީ އާއި ކޮންކާކަފް ހިމެނެއެވެ. ނަމަވެސް އޭއެފްސީ އާއި ކޮންކާކަފް އިން އިންފަންޓީނޯ އަށް ތާއީދުކުރުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ.

ޔޫއެފާ އިން ވަނީ ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމުގެ އިތުރުން އިންފަންޓީނޯ އަށް އިތުބާރު ނެތް ކަމަށް ކަނޑައަޅައިފައެވެ. އެހެން ނަމަވެސް ކާފްއިން ދެކެނީ އިންފަންޓީނޯ ރައީސްކަމާ ހަވާލުވެވަޑައިގެންނެވީއްސުރެ އެފްރިކާގެ ފުޓްބޯޅައިގެ ކުރިއެރުމަށް ބޮޑު ސަމާލުކަމެއް ދެއްވި ކަމަށެވެ.

"ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް އޮތް ތާއީދު ކާފްގެ އެގްޒެކެޓިވް ކޮމިޓީން އިއްތިފާގުވެ އަލުން ކަށަވަރުކޮށްދެން. އަދި ފާއިތުވި އަހަރުތަކުގައި އެފްރިކާގެ ފުޓްބޯޅައަށް އޭނާ ދެއްވި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރަން" ކާފްގެ ރަސްމީ ބަޔާނުގައި ބުނެފައިވެއެވެ.

ފީފާގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައެވެ. މިހާތަނަށް އެ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައި ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާ އިންފަންޓީނޯ އެކަންޏެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ހަބަރު 17 Aug 2026

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި

ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
ކުޅިވަރު 17 Aug 2026

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި

އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ
ހަބަރު 17 Aug 2026

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ

މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ ސިފައިންގެ ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ވެސް ވަރަށް ކައިރީގައި އޮއްވައެވެ. ދޯނިން ފުންމައިލި މީހުންނާއި ބަންޑުން ޖަހައިލި ވަގުތު ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް ރެސްކިޔު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި
ހަބަރު 17 Aug 2026

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި

މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ )އެރައިސް( މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް )ސްޓެލްކޯ( މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ހަބަރު 17 Aug 2026

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 17 Aug 2026

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކާ އެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.