މައިގަނޑު ބަޔަށް ދާން

ހަބަރު

އެމްއެންޔޫގެ ވަފުދެއް ކަނޑުގެ އިލްމާއި އެކުއަކަލްޗަރު ދިރާސާކުރުމަށް ހައިނާނަށް ދަތުރެއް ކޮށްފި

ކަނޑުގެ އިލްމާއި އެކުއަކަލްޗަރުގެ ދާއިރާއިން ޗައިނާގެ ޒަމާނީ ކުރިއެރުންތައް ދެނެގަތުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އަށް މީހުންގެ ވަފުދެއް ހައިނާނަށް ކުރި ހަތަރު ދުވަހުގެ ރަސްމީ ދަތުރު ކާމިޔާބުކަމާ އެކު ނިންމައިފިއެވެ.

އެމްއެންޔޫގެ ވަފުދެއް ކަނޑުގެ އިލްމާއި އެކުއަކަލްޗަރު ދިރާސާކުރުމަށް ހައިނާނަށް ދަތުރެއް ކޮށްފި

ކަނޑުގެ އިލްމާއި އެކުއަކަލްޗަރުގެ ދާއިރާއިން ޗައިނާގެ ޒަމާނީ ކުރިއެރުންތައް ދެނެގަތުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އަށް މީހުންގެ ވަފުދެއް ހައިނާނަށް ކުރި ހަތަރު ދުވަހުގެ ރަސްމީ ދަތުރު ކާމިޔާބުކަމާ އެކު ނިންމައިފިއެވެ.

މި ހިނގާ ނޮވެމްބަރު މަހުގެ 11 އިން 14 އަށް ކުރިއަށް ދިޔަ މި ދަތުރު އިންތިޒާމުކޮށްފައި ވަނީ ހައިނާން ޔުނިވަރސިޓީގެ ސްކޫލް އޮފް މެރިން ބަޔޮލޮޖީ އެންޑް ފިޝަރީޒް އާއި ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ގުޅިގެންނެވެ. އެމްއެންޔޫގެ ފަރާތުން މި ދަތުރުގައި ބައިވެރިވީ ފަސް މުވައްޒަފުންނާއި ތިން ދަރިވަރުންނެވެ. ދަތުރުގެ މައިގަނޑު މަޤުޞަދަކީ ކަނޑުގެ އިލްމު، އެކުއަކަލްޗަރު، އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމުގެ ރޮނގުން ޗައިނާއިން ހޯދާފައިވާ ކުރިއެރުންތައް ޢަމަލީ ގޮތުން ތަޖުރިބާކުރުމެވެ.

ވަފުދުން ވަނީ ވެންޗަންގްގައި ހިންގާ އެކުއަކަލްޗަރު ކުންފުނިތަކަށާއި ދަނޑުތަކަށް ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި ފެންގްޖިއާވަން އެކުއަކަލްޗަރު ބޭސް ހިމެނެއެވެ. އެ ތަންތަނުން ޒަމާނީ ފެންވަރުގައި އެކުއަކަލްޗަރުގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާއި، އެ ސިނާޢަތަށް ގެންނަމުންދާ އީޖާދީ ބަދަލުތައް ވަފުދުގެ ބައިވެރިން ބަލައިފައިވެއެވެ. މީގެ އިތުރުން ސަންޔާގެ ވެސްޓް އައިލެންޑަށް ގޮސް، އެ ރަށުގައި ޤާއިމުކޮށްފައިވާ މުރަކަ އާލާކުރާ ޕްލެޓްފޯމާއި، މުރަކަ އިންދައި ހެއްދުމުގެ އުކުޅުތަކާއި، ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމަށް ހިންގާ މަސައްކަތްތަކުގެ މަޢުލޫމާތު ހޯދައިފައިވެއެވެ.

މި ޕްރޮގްރާމު ފަރުމާކޮށްފައި ވަނީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ (އެސްޑީޖީ) އެއްގޮތްވާ ގޮތުގެ މަތިންނެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު ތަޢުލީމު (ލަނޑުދަނޑި 4)، ސިނާޢަތާއި އީޖާދާއި ޢުމްރާނީ ތަރައްޤީ (ލަނޑުދަނޑި 9)، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން (ލަނޑުދަނޑި 13)، ކަނޑުއަޑީގެ ދިރުންތައް ޙިމާޔަތްކުރުން (ލަނޑުދަނޑި 14)، ބައިނަލްއަޤުވާމީ ގުޅުން ބަދަހިކުރުން (ލަނޑުދަނޑި 17)، އަދި ބަނޑުހައިހޫނުކަން ނައްތައިލުން (ލަނޑުދަނޑި 2) ހިމެނެއެވެ.

ހައިނާނަކީ ޓްރޮޕިކަލް ރަށެއް ކަމުން، ދެމެހެއްޓެނިވި ގޮތެއްގައި ރަށްފަޅުތައް ތަރައްޤީކުރުމާއި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމުގައި ދެ ޤައުމުގެ ދެމެދުގައި އިލްމާއި ތަޖުރިބާ ޙިއްޞާކުރެވޭނެ ފުރުޞަތުތައް މި ދަތުރުން ފާހަގަކުރެވިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.