ސައޫދީގައި ޤާނޫނާ ޚިލާފަށް އުޅުނު 11،952 ބިދޭސީން ހަފުތާއެއްގެ ތެރޭގައި ހައްޔަރުކޮށްފި
ސައޫދީ އަރަބިއްޔާގައި އިޤާމާ އާއި ވަޒީފާ އަދި ބޯޑަރު ޤާނޫނުތަކާ ޚިލާފުވި 11،952 ބިދޭސީން ނޮވެމްބަރު 5 އިން 11 އަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.
ސައޫދީ އަރަބިއްޔާގައި އިޤާމާ އާއި ވަޒީފާ އަދި ބޯޑަރު ޤާނޫނުތަކާ ޚިލާފުވި 11،952 ބިދޭސީން ނޮވެމްބަރު 5 އިން 11 އަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.
ސައޫދީ ދާޚިލީ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މީހުންގެ ތެރެއިން ވަޒީފާގެ ޤާނޫނާ ޚިލާފުވީ 2،564 މީހެކެވެ. ޤައުމުގެ ތެރެއަށް ޣައިރު ޤާނޫނީ ގޮތެއްގައި ވަންނަން މަސައްކަތްކުރަނިކޮށް 1،653 މީހަކު ހިފެހެއްޓި އިރު، ޤައުމުން ނިކުންނަން އުޅެނިކޮށް 29 މީހަކު އަތުލައިގެންފައިވެއެވެ.
ޣައިރު ޤާނޫނީ ގޮތެއްގައި ތިބި 11،418 މީހަކު ޑީޕޯޓުކޮށްފައިވާ އިރު، ދަތުރުކުރުމުގެ ލިޔެކިޔުންތައް ހަމަޖެއްސުމަށް 22،451 މީހަކު އެ ބައެއްގެ ޑިޕްލޮމެޓިކް މިޝަންތަކާ ހަވާލުކޮށްފައިވެއެވެ. ދަތުރު ރިޒަވޭޝަން ނިންމުމަށް އިތުރު 9،800 މީހަކު ފޮނުވާފައިވެއެވެ. މީގެ އިތުރުން ޤާނޫނާ ޚިލާފު ބިދޭސީންނަށް ދަތުރުފަތުރާއި ބޯހިޔާވަހިކަމާއި ވަޒީފާ ހޯދައިދިން 15 މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ.
38،383 ފިރިހެނުންނާއި 2،379 އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 40،762 ބިދޭސީންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަރުޙަލާ ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ޣައިރު ޤާނޫނީ ގޮތެއްގައި ސައޫދީއަށް މީހުން ވައްދައި، އެއް ތަނުން އަނެއް ތަނަށް ގެންގޮސް، ނުވަތަ ބޯހިޔާވަހިކަމާއި އެ ނޫން ވެސް ޚިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކަށް 15 އަހަރާ ހަމައަށް ޖަލު ޙުކުމާއި އެއް މިލިއަން ސައޫދީ ރިޔާލާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އެ މިނިސްޓްރީން އިންޒާރު ދީފައިވެއެވެ. އެ ކުށުގައި ބޭނުންކުރާ ވެހިކަލާއި ބޯހިޔާވަހިކަން ދިނުމަށް ބޭނުންކުރާ ގެ ވެސް މުސާދަރާ ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް