މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޢުރުދުންގެ ފައްޅިއަކަށް ބަޑީގެ ހަމަލާދިން ތިން މީހަކަށް މަރުގެ ހުކުމް އިއްވައިފި

ޢުރުދުންގެ ކަރަކް ގަވަރުނަރޭޓުގެ ފައްޅިއެއްގައި ނުވަ މީހަކު މަރައި 34 މީހަކު ޒަޚަމްކޮށްލި ބަޑީގެ ހަމަލާއާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދަންޖައްސައި މަރުގެ ހުކުމް އިއްޔެ އިއްވައިފިއެވެ.

ޢުރުދުންގެ ފައްޅިއަކަށް ބަޑީގެ ހަމަލާދިން ތިން މީހަކަށް މަރުގެ ހުކުމް އިއްވައިފި

ޢުރުދުންގެ ކަރަކް ގަވަރުނަރޭޓުގެ ފައްޅިއެއްގައި ނުވަ މީހަކު މަރައި 34 މީހަކު ޒަޚަމްކޮށްލި ބަޑީގެ ހަމަލާއާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދަންޖައްސައި މަރުގެ ހުކުމް އިއްޔެ އިއްވައިފިއެވެ.

މި ހާދިސާ ހިނގީ މިދިޔަ އޮކްޓޫބަރު 23 ވަނަ ދުވަހު ކަރަކް ގަވަރުނަރޭޓުގެ ހްމޫދު އަވަށުގައި ހުންނަ ގްރީކް އޮތޮޑޮކްސް ސެއިންޓް ޖޯޖް ފައްޅީގައި ކްރިސްޓިއަން ޖަނާޒާއެއް ކުރިއަށް ދަނިކޮށެވެ. ހަމަލާއަށް ފަހު ފިލައިގެން ދިޔަ ތިން މީހުން ތިން ދުވަސް ފަހުން ހޯދީ ވެރިރަށް ޢައްމާންގެ ދެކުނުގައި ކަރަކް ގަވަރުނަރޭޓުގެ ފަޅު ގެއެއްގެ ތެރެއިންނެވެ. ޕަބްލިކް ސެކިއުރިޓީ ޑައިރެކްޓަރޭޓުން އެ ދުވަހު ބުނީ އެ ތިން މީހުން ހަތިޔާރު ބެހެއްޓުމަށް ދެކޮޅު ހަދައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ބަޑި ޖެހުމުން ދިން ރައްދު ހަމަލާގައި ތިން މީހުންނަށް ވެސް އަނިޔާވި ކަމަށެވެ. ސަލާމަތީ ބާރުތަކުގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ޢުރުދުންގެ ސިފައިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން މި ތިން މީހުންގެ މައްޗަށް "ޓެރަރިސްޓް ޢަމަލުތައް" ހިންގުމާއި ހަތިޔާރު ގެންގުޅުމާއި "ޓެރަރިސްޓް ޖަމާޢަތެއްގެ ފިކުރު ފެތުރުމާ"އި "ޓެރަރިސްޓް ޢަމަލުތައް ހިންގުމަށް ރޭވުމު"ގެ ކުށް ސާބިތުވެފައިވެއެވެ. ކުށް ސާބިތުވި ތިން މީހުންނަކީ އެއްބަނޑު ދެބެއިންނާއި އެ ދެ މީހުންގެ ޅިޔަނެކެވެ. އެ ތިން މީހުންގެ ނަން ރަސްމީކޮށް ހާމަނުކޮށް ބުނެފައިވަނީ ތިން މީހުންނަކީ ވެސް ޢުރުދުންގެ ރައްޔިތުން ކަމަށެވެ.

ޢުރުދުންގައި މަރުގެ ހުކުމް ތަންފީޒުކުރަނީ ދަންޖައްސައިގެންނެވެ. އެ ޤައުމުގައި 2006 އިން 2014 އަށް އަދި 2017 އިން މި އަހަރުގެ ޖޫން މަހާ ހަމައަށް މަރުގެ ހުކުމް ތަންފީޒުނުކޮށް މެދުކެނޑުނު ދެ ދައުރެއް ފާއިތުވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.