މައިގަނޑު ބަޔަށް ދާން

ދުނިޔެ

ނަތަންޔާހޫއަށް އިތުބާރު ނުކުރާ ކަމަށް ބައިޑެންގެ ހަނދާނީ ފޮތުގައި ލިޔެފި

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން އޭނާގެ އައު ހަނދާނީ ފޮތުގައި، އިސްތިއުމާރީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މެދު މާ ބޮޑު އިތުބާރެއް ނެތް ކަމަށް ބުނެފިއެވެ.

ނަތަންޔާހޫއަށް އިތުބާރު ނުކުރާ ކަމަށް ބައިޑެންގެ ހަނދާނީ ފޮތުގައި ލިޔެފި

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން އޭނާގެ އައު ހަނދާނީ ފޮތުގައި، އިސްތިއުމާރީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މެދު މާ ބޮޑު އިތުބާރެއް ނެތް ކަމަށް ބުނެފިއެވެ.

"ޕްރޮމިސް މީ، އެމެރިކާ" ނަމަކަށް ކިޔާ މި ފޮތް ޝާއިޢުކޮށްފައިވަނީ ނޮވެމްބަރު ތިނެއްގައި ބޭއްވި މިޑްޓާމް އިންތިޚާބުގައި ޑިމޮކްރެޓުން ހޯދި ކާމިޔާބީއާ ގުޅިގެންނެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ އިޒްރޭލުގެ ދިގު ރާސްތާ މަޞްލަޙަތަށް ވުރެ އިސްކުރީ އޭނާގެ ކުރު މުއްދަތުގެ ސިޔާސީ ކުރިމަގު ކަމަށް ބައިޑެން އެ ފޮތުގައި ލިޔެފައިވެއެވެ.

"އެއީ ޓްރަމްޕާ ވައްތަރު ސިފަތަކެއް. ހަގީގަތާ ޚިލާފަށް ވާހަކަ ދެއްކުމުގައި ވަރަށް ފަސޭހައިން ބަދަލުވޭ، އަދި ޒާތީ މަޞްލަޙަތަށްޓަކައި ޑިމޮކްރެޓިކް މުއައްސަސާތައް ބޭނުންކުރުމުގައި ޖެހިލުމެއް ނުވޭ" ކަމަށް ބައިޑެން ލިޔެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު ހަތެއްގެ ހާދިސާއާ ގުޅިގެން އިޒްރޭލަށް ތާއީދުކުރި ނިންމުމާ މެދު ހިތާމައެއް ނެތް ކަމަށް ބައިޑެން ބުނި ނަމަވެސް، ބޮޑު ޢަދަދެއްގެ ކުށެއް ނެތް ފަލަސްޠީނު ރައްޔިތުން މަރުވެގެން ދިޔުމަކީ "ފުން ހިތާމައެއް" ގެނުވި ކަމެއް ކަމަށް އެ ފޮތުގައި ބުނެފައިވެއެވެ.

މީގެ އިތުރުން 2021 ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލި ނިންމުމުގެ ދިފާޢުގައި ވެސް ބައިޑެން ވާހަކަ ދައްކާފައިވެއެވެ. ހަމަ އެ ޙާލަތުގައި އަލުން ވެސް އެ ނިންމުން ނިންމާނެ ކަމަށް ބައިޑެން ބުންޏެވެ. ނަމަވެސް އޭރުގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިންއާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފުގެ ޗެއާމަން ޖެނެރަލް މާކް މިލީ ސިފައިން ބޭލުމުގެ ނަތީޖާއާ މެދު ކަންބޮޑުވުން ފާޅުކުރި ކަން ބައިޑެން ފާހަގަކޮށްފައިވެއެވެ. އެމެރިކާ ސިފައިން ފޭބުމަށް ފަހު ވެސް އަފްޣާން ސަރުކާރު މަދުވެގެން ހަ މަސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައި އޮތް ނަމަވެސް، ދުވަސްކޮޅެއްގެ ތެރޭގައި އެ ސަރުކާރު ވެއްޓުނެވެ. ޓްރަމްޕުގެ ފުރަތަމަ ރިޔާސީ ދައުރުގައި 2020 ވަނަ އަހަރުގެ ފެބްރުއަރީގައި އެމެރިކާއާއި ތާލިބާނުން ސިފައިން ބޭލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

ދުނިޔޭގެ އެހެން ލީޑަރުންނާ ބެހޭ ގޮތުން ވެސް ބައިޑެން ފޮތުގައި ވާހަކަ ދައްކާފައިވެއެވެ. ރަޝިޔާގެ ރައީސް ވްލެޑިމިއާ ޕޫޓިން ސިފަކޮށްފައިވަނީ "ރުޅިގަދަ ގޮތެއް" ހުންނަ މީހެއްގެ ގޮތުގައެވެ. ބައްދަލުވުންތަކުގައި ގަސްތުގައި ޝައުގުވެރިކަމެއް ނެތް ގޮތް ދައްކައި "ފުރާވަރުގެ ކުއްޖެ" ފަދައިން ސްލައުޗް ކުރާ ކަމަށް ބައިޑެން ބުންޏެވެ. ޔޫކްރެއިނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީއާ ބެހޭ ގޮތުން ބައިޑެން ބުނީ، ހަނގުރާމައިގެ ދުވަސްވަރު ލީޑަރެއްގެ ގޮތުގައި ޒެލެންސްކީގެ އެކްޓިންގެ ތަޖުރިބާއަކީ ހަގީގަތުގައި ރަނގަޅު ތަމްރީނެއް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.