ރުއްގަނޑު 2 ސަރަޙައްދުގެ މަގުތަކުން ދަތުރުކުރާ ގޮތަށް ބަދަލު ގެނެސްފި
ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 2 ސަރަޙައްދުގައި މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 2 ސަރަޙައްދުގައި މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލުތައް އިއްޔެއިން ފެށިގެން ހުރީ ތަންފީޒުކޮށްފައެވެ. އެ ސަރަޙައްދުގައި ހިންގާ މަސައްކަތްތައް އެއްކޮށް ނިމެންދެން މި ބަދަލު ދެމިއޮންނާނެއެވެ.
މަސައްކަތް ކުރިއަށްދާ ދުވަސްވަރު އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކާއި ހިނގާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޓްރެފިކް ނިޝާންތައް ބަހައްޓާފައިވާ ކަމަށާއި، އެ ނިޝާންތަކާ އެއްގޮތަށް ދައްކާ މަގުތަކުން ދަތުރުކުރުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ރުއްގަނޑު 2 ސަރަޙައްދަކީ ޢާންމު ގޮތެއްގައި ގިނަ ޢަދަދެއްގެ މީހުންނާއި އުޅަނދުފަހަރު ބޭނުންކުރާ ސަރަޙައްދެއް ކަމުން، މި ބަދަލުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސަމާލުވެ އެއްބާރުލުން ދިނުމަށް އެ އިދާރާތަކުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް